Advertisement

ދުއްވަން އުނދަގޫވާ ގޮތަށް ޕާކު ކޮށްގެން ދެ ދުވަސް ތެރޭ 163 ވެހިކަލް ޓޯ ޔާޑަށް

15 ޖޫން 2024 - 11:47 0

ބޮޑުތަކުރުފާނު މަގު އެމްޕީއެލް ސަރަހައްދުގައި ޕިކަޕްތަކެއް ޕާކުކޮށްފައި. ބޭރު މަގުގެ ދެ ފަރާތުގައި ޕާކު ކުރުން އާންމުގެ ދަތުރުފަތުރުކުރަން އުނދަގޫތަކާ ކުރިމަތިވޭ --- ފޮޓޯ: އަދަދު ފައިލް


ދުއްވަން އުނދަގޫވާ ގޮތަށް ޕާކު ކޮށްގެން ދެ ދުވަސް ތެރޭ 163 ވެހިކަލް ޓޯ ޔާޑަށް

15 ޖޫން 2024 - 11:47 0

މާލޭގެ ދަތުރުފަތުރު ކުރުމަށް އުނދަގޫވާ ގޮތަށް ޕާކު ކޮށްފައި އޮތް 163 ވެހިކަލެއް މިދިޔަ ދެ ދުވަހުގެ ތެރޭގައި ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި އުޅަނދުތައް ނެގީ މިދިޔަ ހުކުރު އަދި ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން, ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި އޮތް 84 އުޅަނދު ނެގި އެވެ.

އޭގެ އިތުރުން, އެހެނިހެން މަގުތަކުން 79 އުޅަނދެއް ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އަމީނީ މަގާއި, އިއްޒުއްދީން މަގުގައި ހުރި އުޅަނދުތައް ހިމެނެ އެވެ.