Advertisement

ބޮސްނިއާ މުސްލިމުންގެ ގަތުލުއާންމު ފާހަގަ ކުރަން ހުށަހެޅި ގަރާރު ރާއްޖޭގެ ތާއީދާ ނުލާ ފާސްކޮށްފި

24 މޭ 2024 - 10:22 0

ވޯޓު ނެގުން ކުރިއަށް ގެންދިޔައިރު ސާބިއާގެ މަންދޫބު: ރާއްޖެއިން އެބްސްޓެއިން ކުރިއިރު ޗައިނާ ގަރާރަށް ބުނީ ނޫނެކޭ -- ފޮޓޯ: ޔޫއެން


ބޮސްނިއާ މުސްލިމުންގެ ގަތުލުއާންމު ފާހަގަ ކުރަން ހުށަހެޅި ގަރާރު ރާއްޖޭގެ ތާއީދާ ނުލާ ފާސްކޮށްފި

24 މޭ 2024 - 10:22 0

މީގެ 29 އަހަރު ކުރިން ބޮސްނިއާގައި އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާންމު ފާހަގަ ކުރަން އދ. އަށް ހުށަހެޅި ގަރާރު ދިވެހިރާއްޖޭގެ ތާއީދާ ނުލައި ރޭ ފާސްކޮށްފި އެވެ.

ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 8،372 މުސްލިމުން މަރައިލި އެވެ. އެކަން ކުރީ 1992 ވަނަ އަހަރު ފެށި ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުންނެވެ.

ބޮސްނިއާ މުސްލިމުންގެ ގަތުލުއާންމު ފާހަގަކޮށް އެ ދުވަސް ހަނދާން ކުރުމަށް ހުށަހެޅި އެ ގަރާރަށް ވޯޓަށް ހުޅުވާލުމުން، ވޯޓުގައި ބައިވެރިވި ނަމަވެސް ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. ރާއްޖެއިންވީ "އެބްސްޓެއިން" އެވެ.

ޗައިނާއިން ވޯޓު ދިނީ އެ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ. ރާއްޖެއެކޭ އެއްގޮތަށް އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ވޯޓު ދިނީ ގަރާރު ފާސް ކުރުމަށެވެ. އިޒްރޭލުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ.

ބޮސްނިއާގެ މުސްލިމުން މެރި ހާދިސާއަކީ ގަތުލުއާންމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އޮތީ ބަލައިގަނެފަ އެވެ.