Advertisement

މޯލްޑިވިއަން އިން އޭޓީއާރް 42-600 މަރުކާގެ ބޯޓެއް ރާއްޖެއަށް ގެނެސްފި

8 މޭ 2024 - 18:36 0


މޯލްޑިވިއަން އިން އޭޓީއާރް 42-600 މަރުކާގެ ބޯޓެއް ރާއްޖެއަށް ގެނެސްފި

8 މޭ 2024 - 18:36 0

ގައުމީ އެއާލައިން މޯލްޑިވިއަން އިން އޭޓީއާރް 42-600 މަރުކާގެ މަތިންދާބޯޓެއް މިއަދު ދިވެހިރާއްޖެއަށް ގެނެސްފި އެވެ. މިއީ އެ އެއާލައިނުން ގެނައި އޭޓީއާރް މަރުކާގެ ހަތަރު ވަނަ ބޯޓެވެ.

އެ މަރުކާގެ ބޯޓުތަކުގައި 30 އާއި 50 ސީޓާ ދެމެދުގެ އަދަދަކަށް ސީޓު ޖެހޭނެ އެވެ. މޯލްޑިވިއަން އިން ބުނީ އެ ބޯޓުގެ ސަބަބުން އެ އެއާލައިނުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރު ކުރަން އިތުރަށް ފަސޭހަ ވާނެ ކަމަށެވެ.

"ފްލީޓަށް މިއަދު އަލަށް ގުޅިފައިވާ މަތިންދާބޯޓުގެ ސަބަބުން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ރަނގަޅުކުރެވި، ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވ،ި ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެ،" މޯލްޑިވިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ އޭޓީއާރް 42-600 އަކީ ޒަމާނީ ޓެކުނޮލޮޖީއާއެކު ފަރުމާކޮށްފައިވާ ބޯޓެއް ކަމަށެވެ. އ

"މީގެ އިތުރުނ،ް މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއް،" އެ ބަޔާނުގައިވެ އެވެ.

އެ ބޯޓު ގެނެސް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އެ ބޯޓުގެ ސަބަބުން އެއާލައިނުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާ މި އައު މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާ ކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މި ބޯޓުން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެ،" އިޔާސް ވިދާޅުވި އެވެ.