Advertisement

ޕްރިމިއާ ލީގުގައި ރެފްރީ ކެމެރާ ފުރަތަމަ ފަަހަރަށް ބޭނުންކޮށްފި

7 މޭ 2024 - 09:38 0

ރެފްރީ، ޖަރެޑް ޖިލޭ: އޭނާ އަކީ ފީފާގެ ބެޖް ލިބިފައިވާ ހުނަރުވެރި ރެފްރީއެއް.


ޕްރިމިއާ ލީގުގައި ރެފްރީ ކެމެރާ ފުރަތަމަ ފަަހަރަށް ބޭނުންކޮށްފި

7 މޭ 2024 - 09:38 0

ލަންޑަން (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އިން ތަފާތު ބޮޑުކޮށް މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗުގައި، އިންސާފުކުރި ރެފްރީ، ޖަރެޑް ޖިލޭ، ރެފްރީ ކެމެރާ ބޭނުންކޮށް ތާރީހުން ޖާގަހޯދައިފި އެވެ.

މިއީ، ރެފްރީން ތަމްރީން ކުރުމުގެ ބޭނުމުގައި، ބޭނުންކުރަން ރެފްރީ ކަންފަތް ކައިރީގައި ކެމެރާ ހަރުކޮށްގެން ނެގޭ ވީޑިއޯތަކެކެވެ. އަދި ރެފްރީއާ ދިމާކޮށް ކުޅުންތެރިން، ދައްކާ ވާހަކަތައް ވެސް މި ކެމެރާ މެދުވެރިކޮށް ބަލާނެ އެވެ.

އެކަމަކު، މެޗުގެ ތެރޭގެ އެއްވެސް ކަމެއް ނިންމުމަށް މި ކެމެރާ ބޭނުންކުރަން އަދި ނިންމާފައިނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު، ޖަރުމަނު ލީގުގެ މެޗެއްގައި ވެސް ރެފްރީން ވަނީ ކެމެރާ ބޭނުންކޮށްފަ އެވެ. އެއީ، ޖަރުމަނުގައި ރެފްރީން ޑިވެލޮޕްުކުރާ ޕްރޮގްރާމް، "ރެފްރީސް މައިކްޑް އަޕް ބުންޑަސްލީގާ" އަށް ބޭނުންވާ ވީޑިއޯތައް ތައްޔާރުކުރުމުގެ ގޮތުންނެވެ.

ފާއިތުވި ސީޒަނުގައި، ޕްރިމިއާ ލީގުގެ ރެފްރީ ރޮބް ޖޯންސް ވަނީ ސަމާ ސީރީސްގައި ޗެލްސީ އާއި ބްރައިޓަން، ފިލަޑެލްފިއާގައި ކުޅުނު މެޗުގައި ރެފްރީ ކެމެރާއެއް ބޭނުންކޮށްފަ އެވެ. އެކަމަކު، ރަސްމީ މެޗެއްގައި އިނގިރޭސި ރެފްރީ އަކު މި ކެމެރާ ބޭނުންކުރީ ރޭގެ މެޗުގައި، ޖިލޭ އެެވެ.