Advertisement

އާންމުކޮށް ވެހޭ މިންވަރަށްވުރެ އިތުރަށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހިދާނެ: މެޓް އޮފީސް

6 މޭ 2024 - 17:44 0

ނިމާ ހަސަން

ނިމާ ހަސަން

ވާރޭ ވެހެނިކޮށް މާލޭ މަގުމަތިން ބަޔަކު ދުއްވާފައި ދަނީ; ކުރިއަށް އޮތް ހަތަރު މަހު އާދަޔާހިލާފަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރޭ -- ފޮޓޯ: އަދަދު


އާންމުކޮށް ވެހޭ މިންވަރަށްވުރެ އިތުރަށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހިދާނެ: މެޓް އޮފީސް

6 މޭ 2024 - 17:44 0

ކުރިއަށް އޮތް ހަތަރު މަހު, އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ, މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނަށް އެ މުއްދަތުގައި ވާރޭވެހޭނީ އާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މެޓް އޮފީހުން ބުނީ, ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް, އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު މަހު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް މެޓް އޮފީހުން ނެރުނު ނޫސްބަޔާނުގެ ސްކްރީންގްރެބެއް


ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭ ވެހޭ މިންވަރާއި, ހޫނު ގަދަވާ މިންވަރު އިތުރުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާއިރު, މިފަހަކަސް އައިސް ރާއްޖޭގައި އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާކަން ފާހަގަކޮށްލެވެ އެވެ. މި ދުވަސްވަރަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ.

ގަދަ ހޫނުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން މުހިންމު ކަމަށާއި އެގޮތުން މެންދުރު ވަގުތު ބޭރަށް ނުކުންނައިރު ކުޑަ ބޭނުންކޮށް، އަވިން ރައްކާތެރިކޮށްދޭ ލޯޝަން ބޭނުންކޮށް، އަވި އައިނު އެޅުން އަދި ގިނައިން ފެންބުއިމަށް މެޓް އޮފީހުން ވަނީ މީގެ ކުރިން އިރުޝާދު ދީފަ އެވެ.