Advertisement

"ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖު" މެއި މަހު ބާއްވަނީ

24 އޭޕްރީލް 2024 - 18:19 0

ރިވައިވަލް އިން ކުރިއަށް ގެންދިޔަ "އޭދަފުށި އޯޕަން ޖޫނިއާ" މުބާރާތުގެ ތެރެއިން


"ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖު" މެއި މަހު ބާއްވަނީ

24 އޭޕްރީލް 2024 - 18:19 0

ރިވައިވަލް ސްޕޯޓްސް ކުލަބުން ބ. އޭދަފުށީގައި ކުރިއަށް ގެންދާ "ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2024" އަންނަ މޭ މަހު ބާއްވަން ނިންމާ, މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރިވައިވަލް ސްޕޯޓްސް ކުލަބުން މިއަހަރު ބާއްވާ ތިންވަނަ މުބާރާތެވެ. މީގެ ކުރިން ރިވައިވަލް އިން ވަނީ މި އަހަރު އޭދަފުށީގައި, "އޭދަފުށި އޯޕަން ޖޫނިއާ" ނަމުގައި ޖޫނިއާ އުމުރުފުރާގެ ކުދިންނަށް މުބާރާތެއް ބާއްވާފަ އެވެ. އަދި މިހާރު ވެސް އޭދަފުށީގައި "ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް" ގެ ނަމުގައި ރިސޯޓު މުވައްޒަފުންނަށް އަމާޒުކޮށް މުބާރާތެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މި މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ އަންޑާ 10, 12, 14, 16 އަދި އަންޑާ 18 ކުޅުންތެރިންގެ އަންހެން އަދި ފިރިހެން ޑަބަލްސް އަދި ސިންގަލްސްގެ މެޗުތަކެވެ.

މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.

މި މުބާރާތް ކުރިއަށް ދާނީ އަންނަ މޭ މަހުގެ 20 އިން 24 އަށް އޭދަފުށީ ބެޑްމިންޓަން ކޯޓުގަ އެވެ.

ރިވައިވަލް އިން ވަނީ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިނާމު ފައިސާގެ ގޮތުގައި 60,000 ރުފިޔާ ދިނުމަށް އެ ކުލަބުން ވަނީ ނިންމާފަ އެވެ.