Advertisement

ވޯޓު ދެއްކުމާއި މަސްލަހަތު ނަގައިލުމުގެ މައްސަލަތަކުގައި ތިން މީހަކު ހައްޔަރުކޮށްފި

21 އޭޕްރީލް 2024 - 15:39 0

ނިމާ ހަސަން

ނިމާ ހަސަން

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލޭގެ ވޯޓުލާ މަރުކަޒެއް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އިޔާދު/ އަދަދު


ވޯޓު ދެއްކުމާއި މަސްލަހަތު ނަގައިލުމުގެ މައްސަލަތަކުގައި ތިން މީހަކު ހައްޔަރުކޮށްފި

21 އޭޕްރީލް 2024 - 15:39 0

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދެއްކުމުގެ މައްސަލައަކާއި މަސްލަހަތު ނަގައިލުމުގެ މައްސަލައެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ, ވޯޓު ކަރުދާސް ދެއްކި މައްސަލައެއްގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލެއިން ކަމަށެވެ. މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ހުރިއިރު, މައްސަލަ ޖެހުނީ ކޮން މަރުކަޒެއްގައިކަން ފުލުހުން ނުބުނެ އެވެ.

ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލުމުގެ މައްސަލައެއްގައި ދެ މީހުން ފުލުހުންގެ ހައްޔަރު ކުރީ ގދ. ފިޔޯރީންނެވެ. ފިޔޯރީން މައުލޫމާތު ލިބުނު ގޮތުގައި އެ ދެމީހުން ވޯޓުލާ މަރުކަޒާ ދުރަށް ގެންގޮސް, ނަސޭހަތް ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މި އިންތިހާބުގެ ވޯޓުލުން ނިމެން ވަގުތު ކުޑަތަންވެފައި ވާއިރު, މިއީ މި އިންތިހާބުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަމައެކަނި މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.

މިއަދު 13:00 އާ ހަމައަށް 148,800 މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 52 ޕަސަންޓު މީހުންނެވެ.