Advertisement

ހޯމް މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ފިޔަވަޅު އަޅަނީ

15 އޭޕްރީލް 2024 - 14:57 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ހޯމް މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ފިޔަވަޅު އަޅަނީ

15 އޭޕްރީލް 2024 - 14:57 1

ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި އެ މައްސަލައިގައި ފިޔަވަޅު އަޅަން އެ ކޯޓުން ނިންމައިިފ އެވެ.

ކްރިމިނަލް ކޯޓުން މި ނޫހަށް ފޮނުވި މެސެޖެއްގައި ބުނީ އިހްސާނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫހް ހަސަން އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.

ކޯޓުން ބުނީ އިހުސާނާއި ފުލުހުންގެ އިސް ވެރިން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ގާޒީންގެ ކުއްލި މަޖިލީހުގައި މިހާރު އެޖެންޑާކޮށްފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ ފުލުހުން:


އެ މައްސަލައިގައި އަންނަ ބުރާސްފަތި ދުވަހު މެންދުރު 1:00 ޖަހާއިރު ގޮތެއް ނިންމާނެ ކަމަށް ވެސް ކޯޓުން ބުނެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކްރިމިނަލް ކޯޓުން ބުނަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވި މައްސަލައިގައި ފުލުހުން އޭޕްރީލް 4، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ކްރިމިނަލް ކޯޓަށް ފާޑުކިޔައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ނަން ހާމަ ކުރުމަށްފަހު ވެސް ފުލުހުން ވަނީ އެ ބައްދަލުވުމުގައި ފާޑުކިޔައިފަ އެވެ.