Advertisement

ގޯތި ދޫކުރާނެކަމުގެ ޔަގީންކަން ދޭން ބިންވެރިންނަށް މިނިސްޓަރުގެ ލިޔުމެއް

9 އޭޕްރީލް 2024 - 10:49 0

ނިމާ ހަސަން

ނިމާ ހަސަން

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ގުރުނެގުމުގެ ތެރެއިން; ގޯތި ލިބުނު މީހުންނަށް ޔަގީންކަމެއްގެ ގޮތުގައި މިނިސްޓަރުގެ ލިޔުމެއް ވަނީ ދޫކޮށްފައި -- ފޮޓޯ: އަދަދު


ގޯތި ދޫކުރާނެކަމުގެ ޔަގީންކަން ދޭން ބިންވެރިންނަށް މިނިސްޓަރުގެ ލިޔުމެއް

9 އޭޕްރީލް 2024 - 10:49 0

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ގޯތި ދޫކޮށްފައިވާ މީހުންނާ ބިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދޭން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުގެ ލިޔުމެއް ބިންވެރިންނަށް ހަވާލުކޮށްފި އެވެ.

މިނިސްޓަރު ހައިދަރު ސޮއިކޮށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހަވާލުކުރާ މި ލިޔުމުގައިވާ ބުނީ, ބިން ލިބުނު މީހުންނަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނު ކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގޯތި ހަވާލު ކުރާނެ ކަމަށެވެ. މިހާރު ދޫކޮށްފައިވާ ގޯތި ލިބިފައިވާ ކަމުގެ ލިޔުމުގައި ގޯތި ލިބޭ މީހުންނާއި ގޯތީގެ ބޮޑުމިން އަދި ގޯތީގެ ނަންބަރު ހިމެނޭނެ އެވެ.

މިނިސްޓަރު ސޮއިކުރައްވާ ބިންވެރިންނަށް ފޮނުވި ލިޔުމުގައި ބުނީ ގޯތީގެ ރަޖިސްޓްރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ވެސް ގޯތި ލިބިފައިވާ ކަމުގެ ލިޔުން ލިބި, އެ ލިޔުމުގައި ހިމެނޭ އިގްރާރުގައި ސޮއިކޮށްފައިވާނަމަ މިނިސްޓްރީއާއި އެ ފަރާތަކާ ގާނޫނީ ގޮތުން "ބަނދެވޭނެ" ކަމަށެވެ. އެހެންކަމުން, އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އިހްތިރާމުކޮށް, އެގޮތަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އެ ލިޔުމުގައިވެ އެވެ.


ގޯތި ލިބުނު ކަމުގެ ލިޔުމާ އެއްގޮތަށް ގޯތި ދޫކުރާނެ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް, މިނިސްޓްރީން ވަނީ ގޯތި ދޫކުރި ރަށްތަކުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައުމަށްފަހު ބައެއް ގޯތިތައް ހުރި ތަން ބަދަލުކުރަން ނިންމާފަ އެވެ.

ހައުސިން މިނިސްޓްރީން ވަނީ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފަވެ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައީ, އެތަނުން ގޯތި ދޫކުރީ ޒަރޫރީ ހިދުމަތްތަކަށް އެކާށީގެންވާ ބިން އެކަށައެޅުމެއް ނެތި ކަމަށްވެފައި އެ ހިދުމަތްތައް ގާއިމުކުރާނެ ބިންތައް ހިމެނުމަށެވެ. އަދި ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ނިންމީ, ޒަރޫރީ ހިދުމަތްތަކަށް އެކަށީގެންވާ ބިން ލޭންޑް ޔޫޒް ޕްލޭނުގައި ހިމެނުމުން އާންމުންނަށް ގޯތި ދޫކޮށްފައިވާ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން ކަމަށެވެ.

ގުޅީފަޅުގެ އާ ލޭންޑް ޔޫޒް ޕްލޭން މިހާރު އާންމުކޮށްފައިވާއިރު, ގޯތި ދޭން ނިންމާފައި ވަނީ އަލަށް އިތުރުކުރާނެ ކަމަށް ބުނާ ބިމުންނެވެ. ގުޅީފަޅަށް އިތުރު 85 ހެކްޓަރުގެ ބިން އިތުރުކުރައްވާނެ ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވީ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ޕްރޮޖެކްޓު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.