Advertisement

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

27 މާރިޗު 2024 - 16:04 0

ފ. ނިލަންދޫ: މި ރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށޭ ވަރު ވާނީ އެންމެ އަވަހަށް ވެސް އަންނަ އަހަރު --- އަދަދު ފައިލް ފޮޓޯ


ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

27 މާރިޗު 2024 - 16:04 0

ފ. ނިލަންދޫގައި އަޅަން ރާވާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެމްޓީސީސީއާ ހަވާލުކުރީ 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށެވެ.

މި މަސައްކަތް ނިންމަން އެމްޓީސީސީއަށް ދިނީ 390 ދުވަހެވެ. އެކަމަކު މިނިސްޓްރީގެ ނޫސް ބަޔާނުން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި އަގެއް ނޭނގެ އެވެ.

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭ އާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ ވެސް އެމްޓީސީސީންނެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ މި އަހަރު ބަޖެޓުކޮށްފައި ނެތެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކާއި ރިސޯޓުތަކުން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށިގެން ހިފަހައްޓަމުން އަންނަ ސިޔާސަތެކެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ނިންމީ ވެސް އެ ސަރުކާރުންނެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަކަށް ނުދެ އެވެ.