Advertisement

"އިންޑިއާ އައުޓް" ހަރަކާތާ ހެދި ޓީޗަރުންތަކެއް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

19 މާރިޗު 2024 - 13:48 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

"އިންޑިއާ އައުޓް" ގެ ނަމުގައި ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި ކެމްޕެއިންގައި މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު، އިސް ވަޒީރު އަބްދުއް ރަހީމް އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވަޑައިގަންނަވަނީ. އަދަދު/ފައިލް ފޮޓޯ


"އިންޑިއާ އައުޓް" ހަރަކާތާ ހެދި ޓީޗަރުންތަކެއް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

19 މާރިޗު 2024 - 13:48 0

މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޕީއެންސީ/ޕީޕީއެމް އިދިކޮޅު ޕާޓީތަކުގެ ގޮތުގައި ތިބި އިރު "އިންޑިއާ އަައުޓް" ގެ ނަމުގައި ހިންގި ހަރަކާތާ ހެދި އެ ގައުމުގެ ގިނަ އަދަދެެއްގެ ޓީޗަރުން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެ ބައެއް މީހުން ދައްކަމުން އަންނަ ވާހަކަ ސަަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ސްކޫލްތަކުގައި ޓީޗަރުން މަދުވުމުގެ "ކްރައިސިސްއެއް" ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ޓީޗަރަކު ހިނގައްޖެ ނަމަ މަދު ހަފުތާތަކަށް ދަތިކަން އައިސްދާނެ ކަމަށާއި ރާއްޖެއަށް އަންނަ ބޭރު ޓީޗަރުން ބައެއް ފަހަރު ވަަރަށް އަވަހަށް ވެސް ވަކިވާ ކަމަށެވެ.

މިނިސްޓަރު މިމޭރުން ވާހަކަ ދެއްކެވީ "އިންޑިއާ އައުޓް ސިޔާސަތުގެ ތެރެއިން ވަރަށް ގިނަ ޓީޗަރުން ރާއްޖެެއިން ފުރައިގެން ހިނގައްޖެ" ކަމަށް ވިދާޅުވެ، ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝާހިދު ސުވާލު ކުރެއްވުމުންނެވެ.

"ފާއިތުވި 30 އަހަރު ދުވަހުގެ މައުލޫމާތަށް ބަލާ އިރުގައި ވެސް އެނގޭނެ، ބިދޭސީ ޓީޗަރުން ވަޑައިގެންފައި، ކުޑަ ރަށަކަށް ވަޑައިގެންފައި ދެން ހަމަ މަސްދުވަހެއް ކޮށްލާފައި ވެސް ދާން ބޭނުްފުޅުވެލައްވާ ޓީޗަރަކު ހުރެދާނެ. އެހެންވީމާ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ތިޔަ ބުނާ ކަހަލަ ޓީޗާ ކްރައިސިސް އެއް ނެތް އިނގޭތޯ. އެއީ ރަނގަޅު މައުލޫމާތެއް ނޫން. އެއްވެސް ހަރަކާތަކާ ގުޅިގެން ކަމަށް ވިޔަސް މެ، ހަރަކާތަކާ ނުގުޅި ކަމަށް ވިޔަސް މެ،" އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ޓީޗަރުން އެއްފަހަރާ ވަޒީފާ ދޫކޮށްލާފައި ގޮސް، ސްކޫލްތަކުގައި ކިޔަވައިދިނުމަށް ދަތިވާ ފަދަ ހާލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.