Advertisement

މެސީ އާއި ސުއަރޭޒްގެ ލަނޑުތަކާ އެކު ނޭޝްވިލް ބަލިކޮށް، އިންޓަ މިއާމީ ކުއާޓާ އަށް

14 މާރިޗު 2024 - 11:12 0


މެސީ އާއި ސުއަރޭޒްގެ ލަނޑުތަކާ އެކު ނޭޝްވިލް ބަލިކޮށް، އިންޓަ މިއާމީ ކުއާޓާ އަށް

14 މާރިޗު 2024 - 11:12 0

މިއާމީ (މާޗު 14) - އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ކަޕްގައި މިއަދު ނޭޝްވިލް އަތުން 3-1 އިން މޮޅުވެ، 5-3 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު އިންޓަ މިއާމީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 2-2 އިން އެއްވަރުވިޔަސް، ދެވަނަ ލެގުގައި އިންޓަ މިއާމީ އިން ފެނުނީ ތަފާތުކޮށެވެ.

މެޗުގެ އަށް ވަނަ އިންޓަ މިއާމީ އިން ލީޑު ނެގީ އުރުގުއޭގެ ތަޖުރިބާކާރު ފޯވަަޑް ލުއިސް ސުއަރޭޒް ޖެހި ލަނޑުންނެވެ.

އަދި މެޗުގެ 23 ވަނަ މިނިޓުގައި އިންޓަ މިއާމީގެ ދެ ވަނަ ލަނޑު ޖެހީ އެ ޓީމުގެ ތަރި ލިއޮނެލް މެސީ އެވެ. އަދި މެޗުގެ 63 ވަނަ މިނިޓުގައި އިންޓަ މިއާމީގެ ތިން ވަނަ ލަނޑު ޖެހީ ރޮބާޓް ޓޭލާއެވެ.

ޓޭލާ އަކީ މެޗުގެ 50 ވަނަ މިނިޓުގައި މެސީގެ ބަދަލުގައި ކުޅެން ނިކުތް ކުޅުންތެރިއެކެވެ.

މެސީ ބޭލުމުން ބައެއް ސަޕޯޓާރުން ހިތްހްމަނުޖެހުނަސް، މެޗަށް ފަހު އިންޓަ މިއާމީގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނީ މެސީ ބޭލީ އޭނާގެ ފަަޔަށް ތަދުވުމުންނެވެ.

"އަހަރަމެން ބޭނުންނުވީ އޭނާ ދަނޑުމަތީގައި ބަހަހައްޓައިގެން ރިސްކެއް ނަގާކަށް،" މާޓިނޯ ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންޓަ މިއމީއާ ދެކޮޅަށް ނުކުންނާނީ މެކްސިކޯގެ މޮންޓެރޭ ނުވަތަ އެމެރިކާގެ ސިންސިނާޓީ އެވެ.