Advertisement

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް ނުބަލަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024 - 14:40 0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.


މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް ނުބަލަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024 - 14:40 0

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނަން ޖެހޭނީ، މަޖިލީހުގައި މިހާރު ހުސްވެފައިވާ ހަތް ގޮނޑި ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ދުސްތޫރީ ހަމައަށް އަމަލު ނުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ކޯރަމް އަދި ޖުމުލަ މެންބަރުން ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިނެވެ. ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އީވާ އަބްދުﷲ އެވެ.

ފާސްވީ 25 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ މަޖިލީހުގެ މެމްބަރުކަމުގައި އެވަގުތަކު ތިއްބަވާ މެމްބަރުންގެ އަދަދު ކަމަށް ބަލާ ގޮތަށް މަޖިލީހުގެ ގަަވައިދުގައި މާއްދާތަކެއް ހިމެނި އެވެ. އެ މާއްދާތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ބާތިލުކޮށްދޭން އެދި ސަރުކާރުން އެ މައްސަސަލަ ސުޕްރީމްކޯޓަށް ހުށަހެޅި ނަމަވެސް އެކަމުގައި ގޮތެއް ނުނިންމައި އޮއްވައި މަޖިލީހުގެ ގަވައިދުގެ އެހެން މާއދާއަކަށް އެބައިތައް ވަނީ ބަދަލުކޮށްފަ އެވެ.

އެހެންވެ ސުޕްރީމްކޯޓުގެ ހުކުމުގައި އެ ބައިތައް ފަހުން އިތުރުކުރި މާއްދާ ބާތިލެއް ނުކުރެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާއަށް ހުުށަހެޅުއްވީ އެ ބައިތައް އުވައިލުމާ މެދު ގޮތެއް ނިންމުމަށެވެ

އެހެން ނަމަވެސް އެ ބަހުސް ދިގުލައިގެން ގޮސް އާ ހުށަހެޅުމެއްގެ ގޮތުގައި ފާސްކުރީ މެމްބަރުންގެ އަދަދ ގުނާ ގޮތް ބަދަލުކޮށް، ހުސްގޮނޑިތައް ނުހިމަނައި ގުނާ ގޮތަށެވެ.