އައިޓީބީ ބާލިން ފެއާގައި ބައިވެރިވާ ދިވެހި ޝެފުން ޖަރުމަނަށް ފުރައިފި

4 މާރިޗު 2024 - 11:33 0

އައިޓީބީ ފެއާގައި ބައިވެރިވާ ދިވެހި ޝެފުންގެ ޓީމު: މިހާރުވަނީ ޖަރުމަނަށް ފުރާފައި


އައިޓީބީ ބާލިން ފެއާގައި ބައިވެރިވާ ދިވެހި ޝެފުން ޖަރުމަނަށް ފުރައިފި

4 މާރިޗު 2024 - 11:33 0

މާދަމާއާއި ބުދަ ދުވަހު ޖަރުމަނުގެ ބާލިންގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭފް ފެއާ އައިޓީބީ ބާލިން 2024، ގައި ބައިވެރިވުމަށް ދިވެހި ޝެފުންގެ ޓީމު މިއަދު ފުރައިފި އެވެ.

މި އަހަރުގެ ފެއާގައި ބައިވެރިވާ ދިވެހި ޝެފުންނަކީ، ދިވެހި އެގްޒެކެޓިވް ސޫ ޝެފް އިބްރާހިމް ޒުހައިރުގެ އަދި ޒުވާން ދެ އަންހެން ޕޭސްޓްރީ ޝެފުން ކަމަށްވާ އާމިނަތު ލަހުފާ އަދި ޖުނައިނާ ޖަމްޝީދެވެ.

ޝެފުންގެ ޓީމުން އައިޓީބީ ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގައި ސަގާފީ ކާބޯތަކެތި ބެހުމާއި އަދި ސްޓޭންޑަށް ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭސަންގައި ދައްކައިލާނެ އެވެ.

މި އަހަރު ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ މޯލްޑިވިއަން އީވްނިން 2024، ގައި އެމްއެމްޕީއާރްސީގެ ބޯޑު މެންްބަރު އަދި ރާއްޖޭގެ ފުރަތަމަ މާސްޓާ ޝެފް މަހާ ނަސީރުގެ ބެލުމުގެ ދަށުން ދިވެހި ޝެފުންގެ ޓީމުން ގާލާ ހަފުލާ ބާއްވާ ދިވެހި ފިއުޝަންގެ ކާބޯތަކެތީގެ އުފެއްދުންތައް ތައްޔާރު ކުރާނެ އެވެ. އެއީ، 500 އަށް ވުރެ ގިނަ މީހުންނަށް ބާއްވާ ހަފުލާއެކެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ. މި އަހަރުގެ ފެއާގައި ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޭންޑްގައި ޓުއަރިޒަމްގެ 100 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެ އެވެ.

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން