Advertisement

ަމަޑުކޮށްގެން އޮތް ބަހަކާއި ކާރެއްގައި ސައިކަލެއް ޖެހި ބޮޑު އެކްސިޑެންޓެއް

21 ފެބުރުވަރީ 2024 - 23:17 0

ކުރިން ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކު ގޮވައިގެން އެމްބިއުލޭންސްއެއް ދަނިކޮށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ަމަޑުކޮށްގެން އޮތް ބަހަކާއި ކާރެއްގައި ސައިކަލެއް ޖެހި ބޮޑު އެކްސިޑެންޓެއް

21 ފެބުރުވަރީ 2024 - 23:17 0

ދުއްވުމުގެ ލައިސަންސް ނެތް މީހަކު، މާލޭގެ މަގުމަތީ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް މަޑުކޮށްގެން އޮތް ބަހަކާއި ކާރެއްގައި ޖެހި އޭނާއަށް އަނިޔާވެ، އައިޖީއެމްއެޗްގައި ބާއްވައިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ބޮޑު ތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެކެވެ. ސައިކަލު ގޮސް ޖެހުނީ ސްޓެލްކޯ ކައިރީ ބަސް ސްޓޮޕްގައި މަޑުކޮށްގެން އޮތް ބަހަކާއި، މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގަ އެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންގެ ހިދުމަށް ލިބިފައިވަނީ މިރޭ 8:00 ޖަހާކަށް ހާއިރެވެ.

"މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން، އެކްސިޑެންޓުގައި ސައިކަލު، ބަސް، އަދި ކާރަށް އެކި ވަރުގެ ގެއްލުން ވެފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.