Advertisement

ރައީސް މުއިއްޒު ވިލިނގިއްޔަށް ވަޑައިގަތުމުގެ ކުރިން މަސްވެރިންނަށް ފައިސާ ދޭން މަސައްކަތް ކުރަނީ

20 ފެބުރުވަރީ 2024 - 22:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަސްވެރިން ކޫއްޑޫގައި މުޒާހަރާ ކުރަނީ : ރައީސް މުއިއްޒު ވިލިނގިއްޔަށް ވަޑައިގަތުމުގެ ކޫއްޑޫގައި ތިބި މަސްވެރިންނަށް ފައިސާދޭން މަސައްކަތް ކުރަނީ - ފޮޓޯ: އަދަދު


ރައީސް މުއިއްޒު ވިލިނގިއްޔަށް ވަޑައިގަތުމުގެ ކުރިން މަސްވެރިންނަށް ފައިސާ ދޭން މަސައްކަތް ކުރަނީ

20 ފެބުރުވަރީ 2024 - 22:48 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅުތަކަށް ކުރައްވާ ދަތުރުގައި މާދަމާ ގއ. ވިލިނގިއްޔަށް ވަޑައިގަތުމުގެ ކުރިން، ކޫއްޑޫގައި ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު މުޒާހަރާކުރަމުންދާ މަސްވެރިންނަށް ފައިސާ ދޭން މިފްކޯއިން މަސައްކަތް ކުރަން ފަށައިފި ކަމަށް މަސްވެރިން ބުނެފި އެވެ.

އާދިއްތަ ދުވަހުން ފެށިގެން 27 މަސް ދޯންޏެއް ކޫއްޑޫގައި މުޒާހަރާ ކުރަމުން ދަނީ ކިރުވި މަހަށް މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ އެވެ. މިހާރު ވެސް 300 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ނުދީ އެބަ ހުއްޓެވެ. މަސްވެރިންނަށް މިފްކޯއިން އެންމެ ފަހުން ފައިސާ ދީފައިވަނީ ޑިސެމްބަރު 17، 2023 ގަ އެވެ.

މުޒާހަރާ ކުރަމުންދާ ބައެއް މަސްވެރިން "އަދަދު" ނޫހަށް ވިދާޅުވީ މިފްކޯއިން މަސައްކަތް ކުރަމުން ދަނީ ކޫއްޑޫ ބަނދަރުގައި މިހާރު އޮތް ދޯނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށެވެ. އެގޮތުން އެ ދޯނިތަކުން ކިރާފައިވާ މަހާއި ނުލިބިވާ ފައިސާގެ ތަފުސީލު މިފްކޯގެ އޮފިޝަލުން މިހާރު ނަގާފައި ކަމަށް މަސްވެރިން ބުންޏެވެ.

ނަމަވެސް މިކަމަށް މިފްކޯގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިހާރު ރައީސް ހުންނެވީ ގދ. ތިނަދޫގަ އެވެ. ކޫއްޑޫއާ ޖެހިގެން އޮތް ގއ. ވިލިނގިއްޔަށް އެ މަނިކުފާނު ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

މަސްވެރިންގެ މުޒާހަރާގެ ޕްރެޝަރު ބޮޑުވެ، މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުވެސް މިހާރު ހުންނެވީ ކޫއްޑޫގަ އެވެ.

އޭނާ މިއަދު މަސްވެރިންނަށް ދިން ޔަގީން ކަމަކީ 119 ރުފިޔާ މަސްވެރިންނަށް ދެވޭނެ ކަމަށެވެ.

"22 މިލިއަންގެ ބަދަލުގަ މިވަގުތު އަޅުގަނޑަށް ލިބިއްޖެ، ފަހުން ދޭން ހުރި ފައިސާ އަނބުރާ ދޭގޮތަށް އެކަހަލަ އެރޭންޖުމަންޓެއް ގެނެސްގެން އަޅުގަނޑުމެނަށް ގާތްގަނޑަކަށް 119 މިލިއަން ރުފިޔާ ހަމަޖެއްސިއްޖެ،"

މަސްވެރިން ބުނާ ގޮތުގައި ކޫއްޑޫ އަދި އައްޑޫ މަސް ފެކްޓްރީގައި މުޒާހަރާ ކުރަމުންދާ ދޯނިތަކަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަރަނީ 50 މިލިއަނެއްހާ ރުފިޔާ އެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، ދެ މަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ.