Advertisement

ވިލާ ކޮލެޖުން މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ޕްރޮގްރާމް ތައާރަފުކޮށްފި

20 ފެބުރުވަރީ 2024 - 13:16 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މިނިސްޓަރު ޝަފީގު، ވިލާ ކޮލެޖުގެ މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: ވިލާކޮލެޖު


ވިލާ ކޮލެޖުން މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ޕްރޮގްރާމް ތައާރަފުކޮށްފި

20 ފެބުރުވަރީ 2024 - 13:16 0

ވިލާ ކޮލެޖުން މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފުކުރި މާސްޓާ އޮފް ޕްރޮޕެޝަނަލް އެކައުންޓިން ޕްރޮގްރާމަކީ ފައިނޭންޝަލް އަދި މެނޭޖްމަންޓް އެކައުންޓިން، އޮޑިޓިން، ފައިނޭންސް، އިކޮނޮމިކްސް، ރިސާޗް މެތަޑްސް، ބިޒްނަސް ވެލިއުއޭޝަން، ބިޒްނަސް ލޯ އަދި ޓެކްސް ނެގުމާ ބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމުގެ ތިއަރީ އަދި ޓެކްނިކަލް މުހިއްމު ބައިތައް އެއްކޮށްލާފައިވާ ކޯހެކެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ވިލާކޮލެޖުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ މި ޕްރޮގްރާމަކީ އިންޑަސްޓްރީ އާއި ފަންނީ ބޭފުޅުންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދާ އެކު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާ ކޮށް އުފައްދާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އަދި މި ޕްރޮގްރާމުގެ ހާއްސަ ސިފަތަކުގެ ތެރޭގައި އޮޑިޓިން އަދި އެޝުއަރެންސް ޓެކްސޭޝަން އަދި ވެލުއޭޝަންގެ ބައިތައް ހިމަނާފައިވާނެ ކަމަށާއި އޭގެ އިތުރުން ގަވަނަންސް އާ ގުޅޭ މުހިއްމު ބައިތައްވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

".. މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުންނާނެ ދަރިވަރުން. ހާއްސަކޮށް އޮޑިޓިން، ޓެކްސޭޝަން އަދި ވެލުއޭޝަން ދާއިރާގައި މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމު ފަރުމާ ކޮށްފައިވަނީ ފުރަތަމަ ހަތަރު މޮޑިއުލް ފުރިހަމަކުރުމުން ކޯސް ގްރެޖުއޭޓް ސެޓްފިކެޓް އިން އޮޑިޓިން އެންޑް އެޝުއަރެންސް ލިބޭ ގޮތަށެވެ. މިއީ އެއް އަހަރު ދުވަހުން ފުރިހަމަ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، އެމްއެންކިޔުއެފް ލެވެލް 9 އެއްގެ ޕްރޮގްރާމެކެވެ.

ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި އެ ކޮލެޖުގެ އަމާޒަކީ މި ޕްރޮގްރާމަކީ 'އޭސީސީއޭ' އަދި 'ސީއައިއެމްއޭ' އިން ގަބޫލުކުރާ ބައެއް މޮޑިއުލްތަކަށް އިސްތިސްނާ ލިބޭ ޕްރޮގްރާމަކަށް ހެދުމެވެ. އަދި މި ޕްރޮގްރާމް ފަށައިގަތުމާއެކު އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން ޕްރޮގްރާމްގެ ދަށުން ކޮމްޕްލެކްސް އެކައުންޓިން އަދި މާލީ މައްސަލަތައް ބެލެހެއްޓުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދެ އެވެ. އެއް އަހަރުގެ މުއްދަތައް ކުރިއަށް ގެންދާ މި ކޯހަށް ދައްކަންޖެހެނީ މަހަކު 4،550ރ އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ އިންޓޭކުގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖެނެރަލް އެންޓްރީ ކްރައިޓީރިއާ

އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާއިން ބެޗްލަސް ޑިގްރީ (އެމްއެންކިޔުއެފް ލެވެލް 7) ނުވަތަ އެއާ އެއްވަރުގެ ޑިގްރީއެއް ހާސިލުކޮށްފައިވުން. (އޭސީސީއޭ އާއި ސީއައިއެމްއޭ އިން ފާސްވެފައިވާ ފައިނަލިސްޓުން މި ކޯހާ ގުޅުމަށް ފައިނޭންޝަލް އެކައުންޓިން, އޮޑިޓިން އަދި ޓެކްސޭޝަން އިން ފާސްވާންޖެހޭ)