Advertisement

ރައީސް މުއިއްޒު ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއާ ބައްދަލު ކުރައްވައިފި

13 ފެބުރުވަރީ 2024 - 23:20 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރައީސް ޑރ. މުއިއްޒު ޔޫއޭއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއާ ބައްދަލުކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއާ ބައްދަލު ކުރައްވައިފި

13 ފެބުރުވަރީ 2024 - 23:20 0

ރައީސް ޑރ މުހައްމަދު މުއިއްޒު އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވޯލްޑް ގަވަމަންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އޭގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ބުންޏެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ރާއްޖެއާއި ޔޫއޭއީއާ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.