Advertisement

ބީއެމްއެލްގެ ކާޑު ލިމިޓު ކުޑަ ކުރަން ނިންމާފައި ނުވާނެ: ފިނޭންސް މިނިސްޓްރީ

12 ފެބުރުވަރީ 2024 - 17:42 0

ނިމާ ހަސަން

ނިމާ ހަސަން

ބީއެމްއެލްގެ ކާޑެއް; ކާޑު ލިމިޓު ކުޑަ ކުރަން ނިންމާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނޭ


ބީއެމްއެލްގެ ކާޑު ލިމިޓު ކުޑަ ކުރަން ނިންމާފައި ނުވާނެ: ފިނޭންސް މިނިސްޓްރީ

12 ފެބުރުވަރީ 2024 - 17:42 0

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމާމެދު އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ބީއެމްއެލުން އެ މިނިސްޓްރީއަށް ކަށަަވަރު ކޮށްދޭ ކަމަށެވެެ.

ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ, ބީއެމްއެލްގެ ކާޑުތަކުން ބޭރު ގައުމުތަކުގައި ތިބެގެން މުއާމަލާތް ކުރެވޭ މިންވަރު ކުޑަކުރަން ނިންމައި، މި މަހުގެ ތެރޭގައި އެ ނިންމުން ތަންފީޒުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން 'އަދަދު' އަށް ބުންޏެވެ.

ބޭރު ގައުމެއްގައި ބީއެމްއެލްގެ ޑެބިޓް ކާޑަކުން މިހާރު މުއާމަލާތް ކުރެވެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ. ކްރެޑިޓް ކާޑަކުން މުއާމަލާތްކުރެވެނީ 750 ޑޮލަރާ ހަމައަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ ލިމިޓު ކުޑަކުރަން އަދި ނުނިންމި ނަމަވެސް ލިމިޓު މުރާޖައާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލަ ގުޅެނީ ބޭންކުގެ ޑޮލަރު ރިޒާވާ އެވެ.

ބޭންކަށް ޑޮލަރު ތާށިވެގެން އުޅެނީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރާ ޑޮލަރުގެ އަދަދު މަދުވުމާ ގުޅިގެން، ބޭންކުން ބުނެ އެވެ.