Advertisement

ސެލޫން އަދި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަނެއް މާލޭގަ އެބަހުރި: ހޯމް މިނިސްޓަރު

12 ފެބުރުވަރީ 2024 - 15:01 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މިނިސްޓްރީ


ސެލޫން އަދި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަނެއް މާލޭގަ އެބަހުރި: ހޯމް މިނިސްޓަރު

12 ފެބުރުވަރީ 2024 - 15:01 0

ސެލޫން އަދި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމުގެ މަސައްކަތް ކުރާ 111 ތަނެއް މާލެ ސަރަހައްދުގައި ހުރި ކަމަށް ދާހިލީ ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ސަލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ 111 ތަނެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސެލޫން އަދި މަޗާޖު ޕާލާތަކުގައި ހަށިވިއްކުމުގެ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް، ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމީހުން ވަގުތުން ޑީޕޯޓު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަށިވިއްކުމަށްޓަކާ ޓޫރިސްޓް ވިސާގަ މީހުން އެތެރެކޮށް ބޭނުން ކުރޭ. އެފަދަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުން،" މިނިސްޓަރު އިހުސާނު ވިދާޅުވި އެވެ.

މާލޭގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައި އެބަ ހުއްޓެވެ.