Advertisement

ފުރިހަމަ ރެކޯޑަކާ އެކު ކުއީންސް އިން ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި

12 ފެބުރުވަރީ 2024 - 11:50 0

ކުއީންސް ބާސްކެޓްބޯޅަ ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ބާސްކެޓްބޯލް އެސޯސިއޭޝަން


ފުރިހަމަ ރެކޯޑަކާ އެކު ކުއީންސް އިން ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި

12 ފެބުރުވަރީ 2024 - 11:50 0

ކުއީންސް ބާސްކެޓްބޯލް ކްލަބުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފުރިހަަމަ ރެކޯޑަކާ އެކު ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބާސްކެޓްބޯޅަ ލީގުގެ ފަހު މެޗުގައި ރޭ ކުޅުނީ، ރޭންކިން އެއް ވަނައިގައި އޮތް ކުއީންސް އާއި އެލީޓް ސްޕޯޓްސް ކްލަބް އެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މި މެޗުން ކުއީންސް މޮޅުވީ، 97-55 އިންނެވެ.

ރޭގެ މެޗު ފަށައިގެން ކުއީންސް އިން ވަނީ ފަސްބެލުމެއްނެތި ރަނގަޅު ކުޅުމެއް ދައްކައި، ތަފާތު ބޮޑު ލީޑެއް ފުރަތަމަ ކުއާޓަރުގައި ނަަގައިފަ އެވެ. އެ ގޮތުން، ފުރަަތަމަ ކުއާޓަރުގެ ކުޅުން ނިމުނުއިރު، ކުއީންސް ކުރީގައި އޮތީ 34-06 އިންނެވެ.

އެވްރެޖްކޮށް ބަލާއިރު، ކޮންމެ ކުއާޓަރެއްގައި ވެސް ކުއީންސް އިން ރަނގަޅު ސްކޯއެއް ކުރިއިރު، އެލީޓުން ވަނީ ތިން ވަނަ ކުއާޓަރުގައި ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ޓީމުން މި ކުއާޓަރަށް އެކަނި ބަލާނަމަ، ކުއީންސްއާ އެއްވަރަށް ޕޮއިންޓް ހޯދި އެވެ.

ކުއީންސް އަށް ރޭގެ މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ، ހައުމާ އުބައިދުﷲ (ހައު) އެވެ. އޭނާ ވަނީ 35 ޕޮއިންޓް ސްކޯކޮށްފަ އެެވެ. އެ ޓީމުގެ ފާތިމަތު ރިޝްމާ (ރިޝްޓޯ) ވަނީ 24 ޕޮއިންޓް އެއްކޮށްފަ އެވެ. އަދި މި ފަހަރުގެ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި، އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) ވަނީ 16 ޕޮއިންޓް ސްކޯކޮށްފަ އެވެ.

އެލީޓަށް ބަލާއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 17 ޕޮއިންޓް އެއްކުރި، އެ ޓީމުގެ ކެޕްޓަން، އައިޝަތު އިނާޝާ އެވެ. އެލީޓުގެ ރާއީ ހަމްޒާ ވަނީ 14 ޕޮއިންޓް ސްކޯކޮށްފަ އެވެ.

އެންމެ ފަހުން، ގައުމީ ލީގުގެ ޗެމްޕިއަންކަން ކުއީންސް ބަލިކޮށް ހޯދީ ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް އެވެ. އެހެންކަމުން، މިއީ ކުއީންސް އަށް ލިބިގެންދިޔަ ރަނގަޅު ކާމިޔާބެކެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ގަދަ ހަތަރު ޓީމުން ދެން ވާދަކުރާނީ، މާދަމާ ފަށާ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގަ އެވެ.