Advertisement

އޯމޯ ޑިޓާޖެންޓް ގަނެގެން އެލްޖީ ދޮންނަ މެޝިނެއް ހޯދުމުގެ ފުރުސަތު

12 ފެބުރުވަރީ 2024 - 12:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އޯމޯ ޑިޓާޖެންޓް ގަނެގެން އެލްޖީ ދޮންނަ މެޝިނެއް ހޯދުމުގެ ފުރުސަތު

12 ފެބުރުވަރީ 2024 - 12:31 0

އޯމޯ ޑިޓާޖެންޓް ގަނެގެން ދޮންނަ މެޝިނެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ފަށައިފި އެވެ.

އަންނަ މާޗް މަހުގެ ނިޔަލަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން އަދި ހޮވާލެވޭ ބައެއް ޕާޓްނާ ފިހާރަތަކުން އޯމޯ ޑިޓާޖެންޓް ގަންނަ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހޯވާލެވޭ ނަސީބުވެރި ކަސްޓަމަރުންނަށް ރެފްކޫލް އިލެކްޓްރޯނިކްސް އިން ހަދިޔާ ކުރާ އެންމެ ޒަމާނީ އެލްޖީ ފްރަންޓް ލޯޑް ހަތް ކިލޯ ވޮޝިން މެޝިނެއް ލިބޭނެ އެވެ.

ކަނޑައެޅިފައިވާ ފިހާރަތަކުން އޯމޯ ޑިޓާޖެންޓް ގަނެ، ގްރޭންޑް ޕްރައިޒް ޑްރޯއަށް ވަނުމަށް ކޫޕަން ގައި ތަފްސީލު ފުރިހަމަކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުވަތުލައިގެން ހޮވޭ ދެ ކަސްޓަމަރަކަށް އެލްޖީ ފްރަންޓް ލޯޑް ހަތް ކިލޯ ވޮޝިން މެޝިނެއް ދޭން ހަމަޖެހިފައިވާކަމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން މައުލޫމާތުދެ އެވެ.

އިތުރު މައުލޫމާތު އޭޑީކޭ ޖެނެރަލް ޓްރޭޑިންގ ހޯލްސޭލް ނަމްބަރު، 7885965 އަށް ގުޅައިގެން ލިބޭނެ އެވެ. އަދި އޭޑީކޭގެ ފިހާރަތަކުން އޮންލައިންކޮށް އޯޑަރު ކުރުމަށް ގަންނަ މާޓް އެޕް ބޭނުންކުރެވޭނެ އެވެ.