Advertisement

ފަހަތުންއަރައި ލިލް ބަލިކޮށް، ޕީއެސްޖީ ލީޑު ފުޅާކޮށްފި

11 ފެބުރުވަރީ 2024 - 15:00 0


ފަހަތުންއަރައި ލިލް ބަލިކޮށް، ޕީއެސްޖީ ލީޑު ފުޅާކޮށްފި

11 ފެބުރުވަރީ 2024 - 15:00 0

ޕެރިސް (ފެބްރުއަރީ 11) - ފްރާންސް ލީގުގައި ރޭ ލިލް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ، ލީގު ތާވަލްގެ އެއް ވަނައިގައި އޮތް ޕީއެސްޖީން ލީޑު ފުޅާކޮށްފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ ހަ ވަނަ މިނިޓުގައި ލިލް އިން ލީޑު ނެގި ޔޫސުފް ޔަޒީޝީ ޖެހި ލަނޑުންނެވެ.

އެކަމަކު، އޭގެ ހަތަރު މިނިޓުގައި ފަހުން ޕީއެސްޖީން ނަތީޖާ ހަމަހަމަކުރީ ޕޯޗުގަލްގެ ފޯވަޑް ގޮންޒާލޯ ރާމޮސް ޖެހި ލަނޑުންނެވެ.

ޕީއެސްޖީ އަށް ލީޑު ލިބުނީ މެޗުގެ 17 ވަނަ މިނިޓުގައި ލިލްގެ އެލެކްސަންދުރޯ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ރަންޑަލް ކޯލޯ މުއާނީ އެވެ.

މި މެޗުން މޮޅުވުމުން ޕީއެސްޖީން ވަނީ ދެ ވަނައިގައި އޮތް ނީސްގެ މައްޗަށް 11 ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.

މި މެޗުގައި ޕީއެސްޖީގެ ތަރި، ކީލިއަން އެމްބާޕޭ އަށް ވަނީ އަރާމްކުރަން ފުރުސަތު ދީފަ އެވެ. ފްރާންސް ކަޕްގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ލިބުނު ކުޑަ އަނިޔާއަކާ ގުޅިގެން، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ މި ހަފުތާގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗަށް އެމްބާޕޭ ތައްޔާރު ކުރުމަށެވެ.

"އަހަރެމެން ބޭނުންނުވީ އެއްވެސް ރިސްކެއް ނަގާކަށް. މިއީ ފައިނަލެއް ނޫން. ހަމަ ޔަގީނުންވެސް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗަށް އެމްބާޕޭ މުޅިން ފިޓުވާނެ،" އެންރީކޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެެވެ.