Advertisement

ދަނޑުގައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

10 ފެބުރުވަރީ 2024 - 20:34 0

ބުދަ ދުވަހުގެ މެދުގެ ތެރެއިން ހިނގި މާރާމާރީ: އެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ޖެހީ 15 ދުވަސް -- ފޮޓޯ: ވީޑިއޯ ކެޕްޗާ


ދަނޑުގައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި

10 ފެބުރުވަރީ 2024 - 20:34 0

ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ މެޗުގެ 81 ވަނަ މިނެޓުގައި ކުޅުން ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް އާއި ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފް އެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ މެދު ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ހުއްޓާލިއިރު އޮތް ނަތީޖާއާއެކު ވިކްޓްރީ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.