Advertisement

ޓްރާންސްފޯމަރަކަށް ގެއްލުންވެ ފުވައްމުލަކުގެ ތިން އަވަށުން ކަރަންޓު ކެނޑިއްޖެ

30 ޖަނަވަރީ 2024 - 21:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުވައްމުލަށް ސިޓީ : ޓްރާންސްފޯމާއެއް ފަޅައިގެންގޮސް ފުވައްމުލަކުގެ 3 އަވަށުން ކަރަންޓު ކެނޑުމުން އައްޑޫއިން ޓްރާންސްފޯމާއެއް ގެންދަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޓްރާންސްފޯމަރަކަށް ގެއްލުންވެ ފުވައްމުލަކުގެ ތިން އަވަށުން ކަރަންޓު ކެނޑިއްޖެ

30 ޖަނަވަރީ 2024 - 21:52 0

ފުވައްމުލަކު ސިޓީގެ އިންޖީނުގޭގައި ހުރިޮ 800 ކިލޯވޮޓުގެ ޓްރާންސްފޯމަރަކަށް ގެއްލުންވެ އެ ރަށުގެ ދެ އަވަށަކުން ކަރަންޓު ކެނޑުމާ ގުޅިގެން، އެ މައްސަލަ ހައްލުކުރަން އައްޑޫއިން ޓްރާންސްފޯމާއެއް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

ފުވައްމުލަކު އަދި އައްޑޫގައި ވެސް ކަރަންޓުގެ ހިދުމަތްދޭ ފެނަކައިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުވައްމުލަކުގެ މިސްކިތްމަގު, ދިގުވާނޑު، އަދި މާދަނޑު އަވަށުން މިވަގުތު ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ފުވައްމުލަކު އިންޖީނުގެއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޓްރާންސްފޯމާ ފަޅައިގެން ގޮސްފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ.

"މިމައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ އިން 1000 ކިލޯވޯޓުގެ ޓްރާންސްފޯމާއެއް ފުވައްމުލަކަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފެށިފައި. މިރޭގެ ވަގުތެއްގައި އެ ޓްރާންސްފޯމާ އިންސްޓޯލްކޮށް ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވޭ" ފެނަކައިގެ ރަސްމީ ފޭސްބުކް އެކައުންޓުން ލިޔެފައިވެ އެވެ.

ފުވައްމުލަކުގައި ބޭނުން ކުރަމުން ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން ސެޓެއް ހަލާކުވީ މިދިޔަ ޑިސެމްބަރު 11 ގަ އެވެ. ރަށުގައި ހުރި ޖަނަރޭޓަރުތަކަށް ނުތަކައިގެން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ފެށީ މި މަހުގެ 11 އިން ފެށިގެންނެވެ.

އެ މައްސަލަ ހައްލުކުރުމަށް ގދ. ގައްދޫގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރެއް ގެންދަން އުޅުމުން ގައްދޫ ބަޔަކު ނުކުމެ ޖަނަރޭޓަރު ބަލައި ފެނަކައިން ފޮނުވި ދޯނީގެ ފަޅުވެރިންނަށް ބިރުދެއްކުމުން އެކަން މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

މި މައްސަލާގައި ފެނަކައިން ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް ގައްދޫގައި ހުރި 800 ކިލޯވޯޓުގެ ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ މަހުގެ 12 ގައި ކަމަށެވެ. އެއީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރު ސެޓު ހަލާކުވި ދުވަސް ނޫން އަނެއް ދުވަހެވެ.