Advertisement

ޓީބިލު ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދައިފި

29 ޖަނަވަރީ 2024 - 16:36 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ އޮފީސް އިމާރާތް:


ޓީބިލު ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދައިފި

29 ޖަނަވަރީ 2024 - 16:36 0

ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޓީބިލު ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

މިއީ ފިނޭންސުން ހުސްވި ހަފުތާގެ ހޯމަ ދުވަހު ކުރި އިއުލާނެއްގެ ދަށުން ވިއްކި ޓީބިލެވެ. އޭރު ކުރި އިއުލާނުގައި ސަރުކާރުން ހުޅުވާލީ 2.2 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާށެވެ. އެކަމަކު ވިކުނީ ބޭނުންވި ވަރަށް ވުރެ 146 މިލިއަން ރުފިޔާ މަދުންނެވެ.

ސަރުކާރުން ބޭނުންވި ވަރަށް ނުވިކުނީ ތިން މަސް ދުވަހުން ދައްކާ ޓީބިލުތަކާއި ހަ މަސް ދުވަހުން ދައްކާ ޓީބިލުތަކެވެ. އެގޮތުން ތިން މަސް ދުވަހުން ދައްކާ ގޮތަށް 316 މިލިއަން ރުފިޔާ ހޯދަން ހުޅުވާލި ނަމަވެސް ލިބުނީ 224 މިލިއަން ރުފިޔާ އެވެ. އަދި ހަ މަސް ދުވަހުން ދައްކާ ގޮތަށް 149 މިލިއަން ރުފިޔާ ހޯދަން ހުޅުވާލި ނަމަވެސް ލިބުނީ 62 މިލިއަން ރުފިޔާ އެވެ.

މި ދެ ޓީބިލު ބޭނުންވި ވަރަށް ނުވިކުނު ނަމަވެސް މަސް ދުވަހުން ދައްކާ ގޮތަށް ވިއްކި ޓީބިލުތަކާއި އަހަރު ދުވަހުން ދައްކާ ގޮތަށް ވިއްކި ޓީބިލުތަކުން ބޭނުންވި ވަރަށް ވުރެ ގިނައިން ފައިސާ ލިިބިފައިވެ އެވެ. އެގޮތުން މަސް ދުވަހުން ދައްކާ ގޮތަށް 974 މިލިއަން ރުފިޔާ ހޯދަން ހުޅުވާލީމައި 997 މިލިއަން ރުފިޔާ ލިބުނެވެ. އަދި އަހަރު ދުވަހުން ވިއްކާ ގޮތަށް 842 މިލިއަން ރުފިޔާ ހޯދަން ހުޅުވާލީމައި 852 މިލިއަން ރުފިޔާ ލިބުނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބޮރޮވިން ޕްލޭނުގައިވާ ގޮތުގައި އެތެރޭގެ ބާޒާރުން ޓީބިލާއި ޓްރެޝަރީ ބޮންޑު ވިއްކައިގެން 3.95 ބިލިއަން ރުފިޔާ ހޯދާނެ އެވެ. ބަޖެޓު ޑެފިސިޓުވެފައިވާ 16.3 ބިލިއަން ރުފިޔާގެ ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަނީ ބޭރުގެ ބާޒާރުންނެވެ.

ބޭރުގެ ފަރާތްތަކުން ހޯދާ ފައިސާގެ ތެރެއިން 8.5 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން އިއުލާނުކުރީ މި މަހުގެ ކުރީކޮޅެވެ.