Advertisement

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަސްލަހަތު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ތެރޭ މާރާމާރީ!

28 ޖަނަވަރީ 2024 - 10:51 0

ހަސަން މުހައްމަދު

ހ

Advertisement

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މެމްބަރު އީސަ އާއި މެމްބަރު ޝަހީމްގެ ދެމެދުގައި ހިނގި މާރާމާރީ: ރުހުން ދިނުމުގެ މައްސަލަ ކުރިއަށްގެންދެވޭ ގޮތެއް އަދި ނުވޭ -- ފޮޓޯ: ވީޑިއޯ ކެޕްޗާ


ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަސްލަހަތު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ތެރޭ މާރާމާރީ!

28 ޖަނަވަރީ 2024 - 10:51 0

Advertisement

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމުމުން، އެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލައި ތަޅުމުގައި ބައެއް މެމްބަރުން މާރާމާރީ ހިންގައިފި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެމްޑީޕީގެ މެމްބަރު އީސާ އާއި ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދު ވަނީ މާރާމާރީއެއް ހިނގާފަ އެވެ. އީސަގެ ފައިގައި ޝަހީމް އޮޅުލައިގެން ހުންނަވައި ދެ ބޭފުޅުން އެއްކޮށް ވެއްޓޭ މަންޒަރު އެއް ވީޑިއޯއިން ފެންނައިރު، ޝަހީމުގެ ކަރަށް އީސަ ފައިން އަރާ ބޮލުގެ އިސްތަށިގަނޑަށް ދަމާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ.

Advertisement

އެހެން ވީޑިއޯއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރައީސްގެ ގޮނޑީގައި އިންނަވަނިކޮށް ޝަހީމު ވަޑައިގެން އޭނާ ކޮއްޕާލަން އުޅޭ މަންޒަރު ފެނެ އެވެ. އަދި އެހެން މެމްބަރުންތަކެއް ވެގެން ޝަހީމް އެ ސަރަހައްދުން ބޭރު ކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ޝަހީމުގެ ކަންފަތް ކައިރިން ލޭ އައިސްފައި ހުރި މަންޒަރު ވެސް ވީޑިއޯއަކުން ފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަނިޔާވެގެން އެމްބިއުލޭންސެއްގައި މިހާރު ވަނީ ގެންގޮސްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މެމްބަރު ޝަހީމެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ޝެޑިއުލްކޮށްފައި އޮތީ މެންދުރު 1:30 އަށެވެ. ނަމަވެސް ޕީއެންސީގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ތަޅު އަޅުވައި، ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅާފަ އެވެ.

Advertisement

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. ޒަމީރު ނުހިމެނޭ ގޮތަށް އެ ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ވެސް ވަނީ ނިންމައިފަ އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައިގައި ސަރުކާރަށް ތާއީދު ކުރާ ބަޔަކު އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ބައެއް ވަޒީރުންނާއި ނައިބު ވަޒީރުން ވެސް ހިމެނެ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.