Advertisement

ހުރިހާ ސިނާއަތަކަށް މިހާރު އެންމެ ދަތިވެގެން އުޅެނީ ދަރަންޏަށް ފައިސާ ހޯދަން

28 ޖަނަވަރީ 2024 - 14:35 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ): ހުރިހާ ވިޔަފާރިތަަކަށް ވެސް ދަރަންޏަށް ފައިސާ ހޯދަން ދަތި -- އަދަދު ފައިލް ފޮޓޯ


ހުރިހާ ސިނާއަތަކަށް މިހާރު އެންމެ ދަތިވެގެން އުޅެނީ ދަރަންޏަށް ފައިސާ ހޯދަން

28 ޖަނަވަރީ 2024 - 14:35 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ނިމުނު އަހަރުގެ ފަހު ކުއާޓަރުގައި ހުރިހާ ސިނާއަތްތަކެއްގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ ދަރަންޏަށް ފައިސާ ހޯދަން ދަތިވުން ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުން ދައްކައިފި އެވެ.

އެމްއެމްއޭގެ ސާވޭގައިވާ ގޮތުގައި ޖުމުލަކޮށް ހުރިހާ ސިނާއަތަކަށް ވެސް ދަރަންޏަށް ފައިސާ ހޯދަން ދަތިވިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ދާއިރާ، ކޮމިއުނިކޭޝަން އަދި ޓްރާންސްޕޮޓޭޝަން ދާއިރާއަށް ދަރަންޏަށް ފައިސާ ހޯދަން ދަތިވާނެ ކަމަށް އެ ވިޔަފާރިތަކުން މައުލޫމާތު ދީފައިވެ އެވެ.

ވިޔަފާރިތަކުން މިކަންބޮޑުވުން ފާހަގަކޮށްފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިވެރިން ބޭރުން ގަންނަ މުދަލަށް ކުރާ ޓީޓީތަކަށް ޑޮލަރު އެހީ ދިނުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެ އެވެ.

ދަރަންޏަށް ފައިސާ ހޯދަން ދައްޗަސް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކާއި ކޮންސްޓްރަކްޝަން ވިޔަފާރި ނުހިމެނޭހެން، ދެން ހުރި ހުރިހާ ސިނާޔާތްތަކުގެ ވިޔަފާރިތަށް ކުރިއަރާ މިންވަރު އިތުރުވެފައިވެ އެވެ.

މިހެން ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ ނޫން ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން މުއައްޒަފުންގެ އަދަދު އެންމެ ބޮޑަށް ދަށްވެފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާގަ އެވެ. ވިޔަފާރިތަކުގެ ކުރިއެރުން ވެސް އެންމެ ބޮޑަށް މަޑުޖެހުނީ ހޯލްސޭލް އާއި ރީޓެއިލް ދާއިރާ ވިޔަފާރިތަކުގެ އެވެ.

މިދިޔަ ކުއާޓާގައި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގު އެންމެ މައްޗަށް ގޮސްފައިވަނީ ޓޫރިޒަމް ދާއިރާގަ އެވެ. އަދި ކޮންސްޓްރަކްޝަން ވިޔަފާރިތަކުން ވެސް އަގުތައް މަތިވެފައިވާކަން ރިޕޯޓުކޮށްފައިވާއިރު، އަންނަ ކުއާޓާގައި މި އަދަދު މަތިވާނެކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއެމްއޭގެ ރިޕޯޓަށް ހަތަރު ދާއިރާގައި މަސައްކަތް ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 136 ކުންފުންޏަކުން މައުލޫމާތު ދިނެވެ.