Advertisement

ތާޒާ ފެނަށް އޯޑަރު ދިނުމަށް ހާއްސާ އެޕެއް ތައާރަފުކޮށްފި

17 ޖަނަވަރީ 2024 - 15:38 3

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ތާޒާ ފެން ޑެލިވަރީ ކުރާ ޕިކަޕަކުން ބަޔަކު ފެން ބާލަނީ: ތާޒާއަކީ އެމްޑަބްލިޔުއެސްސީގެ ސަަބްސިޑަރީ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ އުފެއްދުމެއް -- ފޮޓޯ: އެމްޑަބްލިޔުއެސްސީ


ތާޒާ ފެނަށް އޯޑަރު ދިނުމަށް ހާއްސާ އެޕެއް ތައާރަފުކޮށްފި

17 ޖަނަވަރީ 2024 - 15:38 3

ތާޒާ ފެނަށް އޯޑަރު ދިނުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނަކާއި ވެބްސައިޓެއް ތައާރަފު ކޮށްފި އެވެ.

މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ތާޒާ" އެޕްލިކޭޝަނާއި އޮފިޝަލް ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޗެއާމަން އަބުދުލް މަތީން މުހައްމަދު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމެވެ.

އައިބީއެމް އިން ބުނީ މި ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ތާޒާ ފެނަށް އޯޑަރު ކޮށްލެވޭނެ ކަމަށާއި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ އޯޑަރުތަކާއި ޑެލިވަރީގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ތާޒާ އެޕްލިކޭޝަންގައި ހިމެނޭ "ރިއަލް ޓައިމް އޯޑަރިން" ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް އޯޑަރުތައް ފަސޭހަކަމާއެކު ޓްރެކް ކުރެވޭނެ އެވެ. އެޕްލިކޭޝަނަށް ރަޖިސްޓާކުރުމަށް ޔޫޒާ ވެރިފިކޭޝަންގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި މޯބައިލް ނަންބަރެވެ.

ރަޖިސްޓްރީ ވުމުން ކަސްޓަމަރުންނަށް ޑެލިވަރީ އެޑްރެސް ސޭވްކޮށްލެވޭނެ އެވެ. އަދި އެޕް މެދުވެރިކޮށް އޯޑަރުތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދައްކާލެވޭއިރު ކަސްޓަމަރުން ބޭނުން ވަގުތެއްގައި ކުރިން ކޮށްފައި ހުރި އޯޑަރުތައްވެސް ބަލާލެވޭނެ އެވެ.

އައިބީއެމް އިން އަންނަނީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތާޒާ ފެން ފޯރުކޮށްދެމުންނެވެ. އެ ކުންފުންޏަކީ ދައުލަތުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ތާޒާ ފެނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބައިނަލްއަގުވާމީ ފެންވަރަށް، އުފައްދާ ބަންދުކޮށް ކޮންމެ ފެންފުޅިއެއްގެ ކޮލިޓީ ކަށަވަރު ކުރެވިގެން އާންމުންނާއި ހަމައަށް ފޯރުކޮށްދޭ ޕްރޮޑަކްޓެކެވެ.