Advertisement

ކަނޑުން ގެއްލުނު ބަޔާ ބެހޭ ފައިނަލް ރިޕޯޓު ފެބްރުއަރީއަށް ނިމޭނެ: ސަރުކާރު

14 ޖަނަވަރީ 2024 - 16:15 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް: މައްސަލަ އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ބަަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ކަނޑުން ގެއްލުނު ބަޔާ ބެހޭ ފައިނަލް ރިޕޯޓު ފެބްރުއަރީއަށް ނިމޭނެ: ސަރުކާރު

14 ޖަނަވަރީ 2024 - 16:15 0

ރާއްޖޭގެ ދެކުނު އޮންނަ ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެ ޖަޒީރާއާ ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުން ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް މި ސަރުކާރުން ބުނާ ސަރަހައްދު ހޯދަން ކުރާ މަސައްކަތުގައި އެކުލަވައިލާ ފައިނަލް ރިޕޯޓް އަންނަ ފެބްރުއަރީ މަހު ނިމޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ސަރުކާރުން ކުރާ ދައުވާއާ ގުޅޭ މުރާޖައާކޮށް، މޯލްޓާގެ ޕްރޮފެސަރަކު ލައްވައި ކަރުދާހެއް ތައްޔާރުކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ މައުލޫމާތުދޭން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވީ އެ ޕްރޮފެސަރުގެ ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށެވެ.

"އަދި އިތުރު އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކެބިނެޓަށް ހުށަހެޅިގެން ދާނެ ކަމަށް މިއަދު ކެބިނެޓްގައި މައުލޫމާތު ލިބިފަައިވޭ،" ނާޒިމް ވިދާޅުވި އެެވެ.

އިން ކަނޑައެޅި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަން ކުރިން ވަނީ ހާމަކޮށްފަ އެވެ. އަދި އެ މަސައްކަތް ކުރުމުގައި އެއްވެސް ނުފޫޒެއް ނެތި އިސް ކުރަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

"މިކަމުގައި މި އޮފީހުންނާއި ދިވެހި ދައުލަތުން ފުރިހަމަ މާނައިގައ،ި އެއްވެސް ނުފޫޒެއް ނެތ،ި އިސްކުރާނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައި ވެސް ދަންނަވަން،" ރައީސް އޮފީހުން އޭރު ބުންޏެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒު ސަރުކާރުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެކެވެ.