Advertisement

ޗެލްސީ އާއި ނިއުކާސަލް އެފްއޭ ކަޕްގެ އަނެއް ބުރަށް

7 ޖަނަވަރީ 2024 - 08:45 0


ޗެލްސީ އާއި ނިއުކާސަލް އެފްއޭ ކަޕްގެ އަނެއް ބުރަށް

7 ޖަނަވަރީ 2024 - 08:45 0

ލަންޑަން (ޖެނުއަރީ 7) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުުގައި ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ކުޅޭ ޕްރެސްޓަން އަތުން ޗެލްސީ މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، 4-0 އިންނެވެ. އަަވައްޓެރިންގެ ގޮތުގައި އެއް ސަރަހަައްދަކަަށް ނިސްބަތްވާ، ސަންޑަލެންޑް އަތުން ނިއުކާސަލް ކުރިހޯދީ 3-0 އިންނެވެ.

ޗެލްސީން ރޭގެ މެޗުގައި ލީޑުނެގީ، 58 ވަނަ މިނިޓްގައި އަރްމާންޑޯ ބްރޯޖާ ބޮލުން ޖެހި ގޯލުންނެވެ. މިއީ މަލޯ ގަސްޓޯ ނެގި ހުރަހަކުންޖެހި ގޯލެކެވެ. މެޗުގެ 66 ވަނަ މިނިޓްގައި، ކޯލް ޕާމާ ނެގި ކޯނަރަކުން ތިއާގޯ ސިލްވާ ވަނީ ބޮލުން ގޯލެއް ޖަހައި، ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ހިލޭ ޖެހުމަކުން ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ، ރަހީމް ސްޓާލިން އެވެ.

މެޗުގައި ޗެލްސީން ޖެހި ފަހު ގޯލު ކާމިޔާބުކުރީ ސްޓާލިން ދިން ބޯޅަައަކުން އެންޒޯ ފެނާންޑޭޒް އެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ނިއުކާސަލް އިން ސަންޑަލޭންޑް ކޮޅަށް ލީޑުނެގީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޖެހި މި ގޯލަކީ ސަންޑަލެންޑްގެ ޑޭން ބަލާޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ޖޮއެލިންޓަން ނެގި ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ބަލާޑް އަތުން ހެދުނު ގޯހަކުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ވަނަ ހާފްގައި ނިއުކާސަލްގެ ދެ ލަނޑު ޖެހީ ވެސް ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކް އެވެ. އިސާކްގެ ފުރަތަމަ ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ މިގޭލް އަލްމިރޯން އެވެ. އިސާކް ޖެހި ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ.

މިއީ، 2011 ގެ ފަހުން، ސަންޑަލެންޑް އަތުން ނިއުކާސަލް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި 2016 ވަނަ އަހަރުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

ރޭ އެފްއޭ ކަޕްގައި ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކިއުޕީއާރް އަތުން ބޯންމައުތު މޮޅުވީ 3-2 އިންނެވެ. މިލްވޯލް ދަނޑުގައި ލެސްޓާ ސިޓީ 3-2 އިން މޮޅުވިއިރު، ޝެފީލްޑް ޔުނައިޓެޑުން ވަނީ 4-0 އިން ގިލިންހަމް ބަލިކޮށްފަ އެވެ.