Advertisement

ނިއުކާސަލް އިން ޑެހެއާގެ ޑީލާ މެދު ސީރިއަސް

28 ޑިސެންބަރު 2023 - 11:25 0


ނިއުކާސަލް އިން ޑެހެއާގެ ޑީލާ މެދު ސީރިއަސް

28 ޑިސެންބަރު 2023 - 11:25 0

ނިއުކާސަލް (ޑިސެމްބަރު 28) - އެއް ވަނަ ގޯލްކީޕަރު، ނިކް ޕޯޕަށް އަނިޔާވެ، ނިއުކާސަލް ޔުނައިޓެޑްގެ ފޯމަށް އަސަރުކޮށްފައިވާތީ، އެ ޓީމުން، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޑޭވިޑް ޑެހެއާގެ ޑީލާ މެދު ވަރަށް ސީރިއަސް ނަޒަރަކުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިއުކާސަލްގެ ކީޕަރު ޕޯޕްގެ ކޮނޑު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ވަނީ ޖެހިފަ އެވެ. އެހެންވެ އޭނާ އަށް ތިނެއް ނޫނީ ހަތަރު މަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އަދި އޭނާ ނެތްތަން ފޫބައްދަން ނިއުކާސަލްއަށް އޮތް އެންމެ ރަނގަޅު ވިސްނުމަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ކީޕަރު ޑެހެއާ އެވެ. ޑެހެއާ މިވަގުތު ހުރީ އެއްވެސް ކުލަބަކާ އެކު އެއްބަސްވުމެއް ނަހަދަ އެވެ.

ނިއުކާސަލްގެ ލެޖެންޑް އެލެން ޝިއަރާ ބުނީ ނިއުކާސަލް އަށް މި ވަގުތު އޮތް އެންމެ މޮޅު ގޮތަކީ ޑެހެއާ ގެނައން ކަމަށެވެ.

"އަހަންނަށް އެނގޭ ޑެހެއާއަށް ބޮޑު މުސާރައެއް ދޭން ޖެހޭނެކަން. އެކަމަކު ޑެހެއާ އެހުރީ ފްރީ ޓްރާންސްފާއެއްގައި އާދެވޭނެ ގޮތައް" ޝިއަރާ ބުންޏެވެ.

މިދިޔަ ސީޒަނަށް ފަހު، ޑެހެއާ ވަނީ ޔުނައިޓެޑް ދޫކޮށްލައިފަ އެވެ. ބާރަ އަހަރު ޔުނައިޓެޑާ އެކު ހޭދަކުރުމަށް ފަހު ޑެހެއާ އެ ޓީމު ދޫކޮށްލީ އާ ކޮންޓްރެކްޓެއް ނުދިނުމުންނެވެ. ޑެހެއާ އަށް ރަނގަޅު އޮފާއެއް ނުލިބޭތީ އޭނާ މި ވަގުތު ހުރީ އެއްވެސް ޓީމަކާ ނުގުޅި އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވްގެ ލަފަޔާ އެކު އެ ކްލަބުން އަންނަނީ ޑެހެއާ އަށް ރަނގަޅު އޮފާއެއް ދޭން މަޝްވަރާ ކުރަމުންނެވެ.

އެ ގޮތުން، ނިއުކާސަލް އިން ސީޒަނުގެ ނިޔަލަށް ލޯން އޮފާއެއް ކުރަން ވެސް ވިސްނުން ގެންގުޅެ އެވެ. ޑެހެއާ ބޭނުންނަމަ ބޮޑު މުސާރަ ދޭ ކޮންޓްރެކްޓެއް ވެސް ނިއުކާސަލް އިން ހުށަހަޅަން ތައްޔާރު ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޑެހެއާގެ އިތުރުން ނިއުކާސަލް އިން އަންނަނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކެލްވިން ފިލިޕްސް ލޯނު އެއްބަސްވުމެއްގެ ދަށުން ހޯދަން މަސައްކަތް ކުރަމުންނެވެ.