Advertisement

ޗެލްސީގެ ވެރިންނާއި އަހަންނާ މިތިބީ އެއް މިސްރާބެއްގައި: ޕޮޗެޓީނޯ

27 ޑިސެންބަރު 2023 - 10:30 0


ޗެލްސީގެ ވެރިންނާއި އަހަންނާ މިތިބީ އެއް މިސްރާބެއްގައި: ޕޮޗެޓީނޯ

27 ޑިސެންބަރު 2023 - 10:30 0

ލަންޑަން (ޑިސެމްބަރު 27) - ޗެލްސީ ޓީމު މިހާރަށް ވުރެ ވަރުގަދަކޮށް، އެ ކްލަބްގެ އަސްލު އަމާޒަށް ގެންދަން އޭނާ އާއި ޗެލްސީގެ ވެރިން ތިބީ އެއް މިސްރާބެއްގައި ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އެންމެ ފަހުން ރަށުންބޭރުގައި ލީގުގައި ކުޅުނު ހަތަރު މެޗުން ބަލިވި ޗެލްސީ އަކީ މި އަހަރަށް ބަލާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗުން ބަލިވި ޓީމެވެ. އެ ގޮތުން، 2023 ވަނަ އަހަރު، ޗެލްސީ، ލީގުގެ 19 މެޗުން ލީގުގައި ބަލިވިއިރު، ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު ވެސް ބަލިވުމުގެ ދަށް ރެކޯޑް އޮތް ޓީމުތަކުގެ ތެރޭގައި ޗެލްސީ ހިމެނެ އެވެ.

ޗެލްސީ ހިންގުމާއި އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ހަވާލުވި ފަހުން އެ ޓީމުން ގެނައި ދެ ވަނަ ފުލްޓައިމް ކޯޗެވެ. ބޯލީ އައި ފަހުން އާ ކުޅުންތެރިން ގަންނަން ޗެލްސީން ވަނީ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކޮށްފަ އެވެ. އެކަމަކު، އެ ޓީމު މި ވަގުތު ލީގު ތާވަލުގެ 11 ވަނައިގައި އޮތްއިރު، ގިނަ ފާޑުކިޔުންތަކެއް އަންނަނާ އަމާޒުވަމުންނެވެ.

ދާން ބޭނުންވާ ޓާގެޓަށް ވުރެ ޗެލްސީ އަދި އޮތީ މާ ފަހަތުގައި ކަމަށް ޕޮޗެޓީނޯ ވެސް އެއްބަސްވެ އެވެ. އެކަމަކު، ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ އިތުބާރާ އެކު ޕޮޗެޓީނޯ ބޭނުންވަނީ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އާ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރުމަށެވެ.

"ޔަގީނުން ވެސް މި ތިބީ ދާން ބޭނުންވާ ހިސާބުގައެއް ނޫން. އެކަމަކު، އަހަރެމެން މުޅި ޓީމަށް ބަލާއިރު ބޭނުންވާ ބަދަލުތަކެއް އަންނަން އެބަޖެހޭ. ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ޓީމުގައި އެބަހުރި. އާ ކުޅުންތެރިން އެބަ ބޭނުންވޭ. މި ހުރިހާ ކަމެއް ކުރަން އޮތް ފަސޭހަ އަކީ އަހަންނާއި ކްލަބް ހިންގަން ތިބި ވެރިންގެ ވިސްނުން އެއް ގޮތް، މި ތިބީ އެއް މިސްރާބެއްގައި،" ޕޮޗެޓީނޯ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ.