Advertisement

ވިލާ އަށް މި ގެއްލުނީ 25 އަހަރު ތެރޭ ލިބުނު ބޮޑު ފުރުސަތެއް

23 ޑިސެންބަރު 2023 - 12:04 0


ވިލާ އަށް މި ގެއްލުނީ 25 އަހަރު ތެރޭ ލިބުނު ބޮޑު ފުރުސަތެއް

23 ޑިސެންބަރު 2023 - 12:04 0

ބާމިންހަމް، އިންގްލެންޑް (ޑިސެމްބަރު 23) - ޝެފީލްޑް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އެސްޓަން ވިލާ އަށް ގެއްލިއްޖެ އެވެ.

ޕްރިމިއާ ލީގުގެ މިހާ ހިސާބުގައި އޮއްވައި، ވިލާ އިން އެއް ވަނަ އަށް އެންމެ ފަހުން އެރީ މީގެ 25 އަހަރު ކުރިންނެވެ. ވިލާ އެންމެ ފަހުން ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލީ، 2011 ވަނަ އަހަރު އެވެ. އަނެއްކޮޅުން، ރޭ ޝެފީލްޑާ އެއްވަރުވުމުން، ވިލާ އިން ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވެސް ނިމުން އައީ އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު، ވިލާ މި ވަގުތު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް، އާސެނަލާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލަށް 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، 18 މެޗުން ވިލާ އަށް ވެސް ލިބިފައިވަނީ 39 ޕޮއިންޓެވެ. އާސެނަލުން މިރޭ ލީގުގައި ރަށުންބޭރުގައި ލިވަޕޫލާ ކުޅޭނެ އެވެ. ލިވަޕޫލް މި ވަގުތު ތިން ވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓާ އެކު އެވެ.

ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައިގައި ލަނޑެއް ފެނިފައިނުވެ އެެވެ. ވިލާ އިން މި މެޗުގައި ޕެނަލްޓީ ހޯދަން ކުރި ގިނަ އެޕީލެއް ކާމިޔާބެއްނުވި އެވެ. ވިލާގެ ކުޅުންތެރިންނާއި ބެންޗުން ވެސް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލަން ޖެހޭ ހާލަތްތަކުގައި ރަނގަޅަށް އެކަން ނުކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗަށް ފަހު، ވިލާގެ ކޯޗު އުނާއި އެމެރީ ވަނީ ވަރަށް ބޮޑަށް ވީއޭއާރް އަށް ފާޑުކިޔައިފަ އެވެ.

ޝެފީލްޑުން ރޭގެ މެޗުގެ 87 ވަނަ މިނިޓްގައި ލީޑުނެގީ ކެމަރޫން އާޗާ ޖެހި ގޯލުންނެވެ. ވިލާ އިން ނަތީޖާ ހަަމަހަމަކުރީ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޑަގްލަސް ލުއީޒް ދިން ބޯޅައަކުން ނިކޯލޯ ޒަނިއޯލޯ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ޝެފީލްޑް އޮތީ ލީގުގެ ފުލުގަ އެވެ. އެކަމަކު، ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު، އެ ޓީމު ވަނީ އެއް ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ. ޝެފީލްޑް މި ވަގުތު ލީގުގެ 19 ވަނައިގައި އޮތީ 18 މެޗުން ނުވަ ޕޮއިންޓާ އެކު އެވެ.