Advertisement

އެސްޑީއެފްސީ އަށް އައްޔަން ކުރަން އުޅުނު ފާތުމަތު އެމްއެމްޕީއާރުސީ އަށް

18 ޑިސެންބަރު 2023 - 10:01 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ފާތުމަތު ތައުފީގު --


އެސްޑީއެފްސީ އަށް އައްޔަން ކުރަން އުޅުނު ފާތުމަތު އެމްއެމްޕީއާރުސީ އަށް

18 ޑިސެންބަރު 2023 - 10:01 1

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތުމަތު ތައުފީގު މިއަދު އައްޔަންކޮށްފި އެވެ.

ފާތުމަތު ފުރަތަމަ އައްޔަންކުރަން ސަރުކާރުން ނިންނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެމަގާމަށް އޭނާ އައްޔަންކުރަން އެދި ރައީސް މުހައްމަދު މުއިއްޒު ޕީސީބީއަށް ވެސް ފޮނުވި އެވެ.

ނަމަވެސް އެމްއެމްޕީއާރުސީން މިއަދު އިއުލާނުކުރި ގޮތުގައި ފާތުމަތު ވަނީ އެ ކޯޕަރޭޝަނުގެ އެމްޑީއަކަށް އައްޔަންކޮށްފަ އެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭ އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ ކުންފުންޏެވެ. އެ ކުންފުނި އެއްކޮށް ރީބްރޭންޑް ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.