Advertisement

ރިޔާސީ އިންތިހާބު ތެރޭގައި ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މާފުކޮށްފި

14 ޑިސެންބަރު 2023 - 14:22 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ނުގަވާއިދުން ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ސްޓިކާ ޖަހާފައި،


ރިޔާސީ އިންތިހާބު ތެރޭގައި ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މާފުކޮށްފި

14 ޑިސެންބަރު 2023 - 14:22 0

ނިމިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއްް މާފުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވައުދާ ހިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތައް މާފުކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ ސަރުކާރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ހާސިލުކުރެވުނު ކަންތައްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެގޮތުން ފިރުޒުލް ވިދާޅުވީ ޕާކިން ޖޫރިމަނާތައް މާފުކުރުމަކީ ފުރަތަމަ ހަތަރު ހަފްތާގެެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށާއި އެހެންވެ ސެޕްޓެމްބަރު 5، 2023 އިން ފެށިގެން ނޮވެމްބަރު 16، 2023، ގެ ނިޔަލަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް މިއަދުން ފެށިގެން މާފުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

"އެ ޖޫރިމަނާތަކުން އަސަރުކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ޖޫރިމަނާތައް މާފުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެ މުއްދަތުގައި ކޮށްފައި ހުރި ޕާކިން ޖޫރިމަނާތައް ސަރުކާރުން މާފުކޮށްފައިވާއިރު ސެޕްޓެމްބަރު 5، ވަނަ ދުވަހާ ހަމަޔަށް މިދިޔަ ފަސް އަހަރު ޖެހި ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ނުލިބޭ ބައި ނިމިދިޔަ ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.

ޕާކިން ޖޫރިމަނާގެ އިތުރުން އެހެނިހެން ޓްރެފިކް ވަޔަލޭޝަންތަކުގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ގޮތްތަކެއްވެސް ކުރީ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ޖޫރިމަނާގެ ބާވަތަށް ބަލައި، ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާ ފައިސާ މައާފު ކުރުމަށް ވަނީ ނިންމައިފަ އެވެ.