Advertisement

އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް ހުޅުވައިފި

13 ޑިސެންބަރު 2023 - 12:21 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމުކުރި "ހުނަރުވެހި" ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ: އެމްއޭސީއެލް


އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް ހުޅުވައިފި

13 ޑިސެންބަރު 2023 - 12:21 0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެހީގައި ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް, "ހުނަރު ވެހި" މިއަދު ހުޅުވައިފި އެވެ.

ހުރަވީ ސްކޫލުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ އެ ވޮކޭޝަނަލް ހަބް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މިއީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި ކަރަންޓާއި ވައިރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފަ އެވެ. އަދި ހުނަރު ވެހި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ވެސް އެމްއޭސީއެލް އިން ވަނީ ފޯރުކޮށްދީފަ އެވެ.

ހުރަވީ ސްކޫލުގެ ހުނަރުވެހީގައި ދަރިވަރުންތަކެއް ކަރަންޓް ވައިރިން ދަސްކުރަނީ --- ފޮޓޯ: އެމްއޭސީއެލް


ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ، އިބްރާހިމް ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއެކު، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށާއި ހުނަރު ވެހިފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ ހުރަވީ ސުކޫލުގައި ގާއިމުކުރި ފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެހެން ސްކޫލްތަކުގައި ވެސް ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ސާނަވީ ތައުލީމް ހާސިލުކުރާ ހުރިހާ ދަރިވަރުންނަށް ވެސް އެފަދަ ޕްރޮގްރާމްތަކުގެ ފައިދާ ފުރިހަމައަށް ކުރުން ކަމަށް ވިދާޅުވި އެވެ.

ހުނަރު ވެހި ހުޅުމުގެ އިތުރުން، ހުރަވީ ސްކޫލުގެ ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރި އެ "ދަސްވެށި" އަދި ލެއިޝަ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ އިއްޔެ ހުޅުވާފަ އެވެ.