Advertisement

ޖެނުއަރީގައި ޓްރާންސްފާގައި ވެސް ޗެލްސީ އިން އިތުރު ކުޅުންތެރިން ގަންނަނީ

12 ޑިސެންބަރު 2023 - 10:57 0


ޖެނުއަރީގައި ޓްރާންސްފާގައި ވެސް ޗެލްސީ އިން އިތުރު ކުޅުންތެރިން ގަންނަނީ

12 ޑިސެންބަރު 2023 - 10:57 0

ލަންޑަން (ޑިސެމްބަރު 12) - އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް އިތުރު ކުޅުންތެރިން ގަންނަން ޗެލްސީ އިން ތައްޔާރުވެއްޖެ އެވެ.

ޗެލްސީ އަކީ މިދިޔަ ތިން ޓްރާންސްފާގެ މުއްދަތުގައިވެސް އެންމެ ބޮޑު ހޭދައެއް ކުރި ކުލަބެވެ. އެ ކުލަބުގެ ވެރިން ކަމަށްވާ ޓޮޑް ބޯލީ ޗެލްސީއާ ހަވާލުވިތާ ދޮޅު އަހަރުވީއިރު، މިހާތަނަށް އެކުލަބުން ވަނީ އެއް ބިލިއަން ޕައުންޑަށް ވުރެ ވެސް ބޮޑު ހޭދައެއް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އެކުލަބުން 350 މިލިއަން ޕައުންޑް ހޭދަކުރިއިރު، މިދިޔަ ޖޫން/ޖުލައި ޓްރާންސްފާގައި 435 މިލިއަން ޕައުންޑް ހޭދަކުރި އެވެ. ދެ ޓްރާންސްގެ މުއްދަތު އެއްކޮށްލާނަމަ ޗެލްސީގެ ހަަރަދު އެއް ބިލިއަން ޕައުންޑަށް އަރަަ އެވެ.

ޗެލްސީގެ ޓްރާންސްފާ ތަކާ ގުޅޭގޮތުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ކުލަބަށް އާ ކުޅުންތެރިން ބޭނުންވާ ކަމަށާއި، ވަކިން ހާއްސަކޮށް އެޓޭކް ވަރުގަދަ ކުރުމަށް ކޮލިޓީ ހުރި ކުޅުންތެރިން ބޭނުންވާ ކަމަށެވެ. މެޗުތަކުން މޮޅު ނުވެވެނީ ލިބޭ ހުސް ފުރުސަތުތައް ނިންމާނުލެވިގެން ކަމަށާއި، ރަނގަޅު ފޯވާޑެއް އެ ކުލަބަށް ލިިބިއްޖެނަމަ މިހާރުގެ ހާލަތު ބަދަލުކުރަން ފަސޭހަވާނެ ކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ދިނުމަށް އަށް ކުޅުންތެރިއަކު ވިއްކާލަން ޗެލްސީން ތިބީ ތައްޔާރަށެވެ. އޭގެ ތެރޭގައި މިޑްފިލްޑަރު، ކޯނޯ ގެލެގާ ހިމެނެ އެވެ. ދެން އެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ ނޮނީ މަޑުއޭކޭ، ޓްރެވޯ ޗަލޯބާ، އާމަންޑޯ ބްރޯހާ، މާކް ކުކުރެއާ، އެކްސެލް ޑީސާސީ، އިއަން މާޓްސަން އަދި މާލޯ ގުސްޓޯ އެވެ.

މި ކުޅުންތެރިން ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ކުލަބުން ބޭނުންވަނީ ފެންވަރު ރަނގަޅު ފޯވާޑެއް ގެނައުމަށެވެ.

ޗެލްސީ އިން މިވަގުތު ފާރަލަމުން އަންނަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ނަޕޯލީގެ ފޯވާޑް ވިކްޓާ އޮސީމެން އެވެ.