Advertisement

މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާފުވެރިކަން ލިބިދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރާނަން: ރައީސް

10 ޑިސެންބަރު 2023 - 14:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާފުވެރިކަން ލިބިދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާފުވެރިކަން ލިބިދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރާނަން: ރައީސް

10 ޑިސެންބަރު 2023 - 14:24 0

މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާފުވެރިކަން ލިބިދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 75 ވަނަ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ރައީސް ހިއްސާކުރެއްވީ ވަރަށް ކުރު މެސެޖެކެވެ.

"މިއިީ. އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ ގަރާރަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް، އަޅުގަނޑުމެންގެ އަޒުމަކީ މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާފުވެރިކަން ލިބިދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރުން" ރައީސް ބޭނުންކުރައްވާފައިވަނީ މި އިބާރާތެވެ.

އާންމު އުސޫލުގެ ދަށުން މީގެ ކުރިން މިފަދަ ހާއްސަ ދުވަސްތަކުގައި އެ ވަގުތެއްގައި ހުންނަވާ ރައީސަކު ގަރާރެއް ނުވަތަ ހިތާބެއް އާންމުކުރެ އެވެ. އެ ހިތޯބުގައި ގައުމާއި ދުނިޔޭގައި އެ ވަގުތެއްގައި އެ ދާއިރާއަކުން ހިނގާ ހާއްސަ ކަންކަން ފާހަގަކުރެ އެވެ.

މިވަގުތު އިންސާނީ ހައްގުތަކުގެ ނަޒަރަކުން ބަލައިލާއިރު، ދުނިޔޭގައި ފާހަގަނުކޮށް ދޫނުކޮށްލެވޭނެ ކަމަކަށް އޮތީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމެވެ.

މިއަަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް އައި އިރު، އިންސާނީ ހައްގުތަކުގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކެވެ. ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ވި އިރު އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗެވެ.

ގޮތެއް ފޮތެއް ނުބަލައި އާއްމުންގެ ގެތަކަށާއި ސްކޫލްތަކަށާއި މިސްކިތްތަކަށް ބޮން އެޅުމުގެ އިތުރުން މީހުން ތިބި ހިޔާވަހިތަކުން ނެރެ، އެތައް ސަތޭކަ ބަޔަކު އެއްފަހަރާ މަރައިލުން ފަދަ އެތައް ޖަރީމާއެއް އިޒްރޭލުން ގެންދަނީ ހިންގަމުންނެވެ.