ހުލާސާކޮށް އިއްޔެ: ކެބިނެޓުގެ މުހިއްމު ނިންމުންތަކެއް

6 ޑިސެންބަރު 2023 - 01:36 0

ރައީސް މުއިއްޒު ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމެއް. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ކެބިނެޓުގެ މުހިއްމު ނިންމުންތަކެއް

6 ޑިސެންބަރު 2023 - 01:36 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން އިއްޔެ މުހިންމު ކަންތައްތަކެއް ނިންމެވި އެވެ.

އެ ނިންމުންތަކުގެ ތެރޭގައި ހިމެނެނީ އެ މަނިކުފާނު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތަކެވެ. އެންމެ މުހިންމު އެއް ކަމަކީ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމެވެ. އޭގެ އިތުރުން ވެސް އާސަންދަ ގަވާއިދަށް ގެންނަ ބަދަލާއި ކައުންސިލްތަކަށް ރަށެއް ދިނުން ވެސް ހިމެނެ އެވެ.

ނިންމި ކަންކަން

  1. އާސަންދައިން މެޑިކަލް ޗެކްއަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުން. އެކި އުމުރުފުރަޔަށް ބަހާލައިގެން ޕެކޭޖްތައް ކަނޑައަޅައި އިއުލާން އިއުލާނު ކުރާނެ
  2. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި، ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާއިރު އަމިއްލައަށް ކުރަންޖެހޭ ހަރަދު އާސަންދައިން ކުރުން
  3. ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމުން. ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމްގެ ގަވާއިދު އިސްލާހުކޮށް ގެޒެޓްކުރާނެ.
  4. ފާޓިލިޓީ ކެއާ ފަންޑެއް ސަރުކާރުގެ ބަޖެޓުން ގާއިމު ކުރައްވާނެކަމުގައި ރައީސް ވިދާޅުވި
  5. ކައުންސިލްތަކުން އެދޭ އެއަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުން
  6. ރަށްރަށުގައި އަޅާފައިހުރި ރޯހައުސްތަކާއި ފްލެޓްތަކާއި ބޯހިޔާވަހިކުރުމުގެ އެކިއެކި ޔުނިޓުތަކުގެ ކުލި 3,333ރ. ކުޑަ ކުރުން
  7. ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް 200،000ރ. ހަރަދު ވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓްތަކުގެ އަގުން 200،000ރ. އަށް މިންވަރު އުނިކުރަން ނިންމުން. އެގޮތުން ވަޒީރުންގެ މަޖިލީހުން ނިންމީ މިހާރު ހަދާފައިވާ ހަތް އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300ރ. ކުލި، މަހަކު 3.984.21ރ. އަށް ކުޑަކުރުން.
  8. ވިނަރެސް ފްލެޓްތަކުގެ ކުލިން 4,200ރ. ކުޑަކުރުން
  9. ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވާ ފުރަތަމަ ބެޗުގައި 50 މީހުން ފޮނުވަން ނިންމުން
  10. އެސްޓީއޯގެ ސަބްސިޑަޔަރީއެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި މިފްކޯއަކީ ކުރިން އޮތް ގޮތަށް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ނިންމުން

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް