Advertisement

ފާމިކްސް ކުންފުނީގެ ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

1 ޑިސެންބަރު 2023 - 10:20 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ފާމިކްސް ކުންފުނީގެ ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

1 ޑިސެންބަރު 2023 - 10:20 0

ނުރައްކާތެރި ކެމިކަލް މާއްދާތައް އެކުލެވޭތީ ޕާކިސްތާނުގެ ޕާމިކްސް ލެބޯޓްރީސް އިން އުފައްދާ ދިޔާ ބޭސް ރާއްޖޭގައި މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ނެރުނު އެލާޓުގައި ބުނީ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާތައް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީންނާއި އެހެން ގައުމުތަކުންވެސް އަންގާފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އެލާޓުގައި ބުންޏެވެ.

ރާއްޖޭގައި ވިއްކަން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީގެ ބޭސް.ތައް މި ބޭސްތައް ވިއްކުން މިހާރު ވަނީ މަނާކޮށްފައި


ރާއްޖޭގެ ފާމަސީ ތަކުގައި ޕާމިކްސް އިން އުފައްދާ ހަ ބޭހެެއް އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރެއިން ދެ ބޭހަކުން ވެސް އެ ކެމިކަލްތައް ފެނުމުން އެމްއެފްޑީއޭ އިން ވަނީ ކުރިން އެ ދެ ބޭސް އެތެރެކުރުމާއި ވިއްކުން މަނާކޮށްފަ އެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖެއިން ހުއްދަ ދީފައިވާ ފާމިކްސް ލެބޯޓްރީސްގެ ހަ ބޭސް ވެސް ފާމަސީތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލަން މިހާރު އަންގާފައިވާ ކަމަށެވެ.