Advertisement

ދަ ޓްރެވަލް ގައިޒް އިން ޓޫރިޒަމަށް ހާއްސަ މަޖައްލާއަކާއި، އެވޯޑެއް ލޯންޗުކޮށްފި

19 ނޮވެންބަރު 2023 - 11:10 0

އެޓްމޮސްފިއާ ކޯ ގެ ސީއޯއޯ ސްޓެފަން ލަގޭޓް (ކ) އާއި 'ދަ ޓްރެވަލް ގައިޒް' ގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު، އެވޯޑް ލޯންޗުކުރަނީ.


ދަ ޓްރެވަލް ގައިޒް އިން ޓޫރިޒަމަށް ހާއްސަ މަޖައްލާއަކާއި، އެވޯޑެއް ލޯންޗުކޮށްފި

19 ނޮވެންބަރު 2023 - 11:10 0

ރާއްޖޭގައި ފާހަގަކޮށްލެވޭ މާކެޓިން އަދި ޕީއާރް ފާމެއް ކަމަށްވާ 'ދަ ޓްރެވަލް ގައިޒް' އިން 'ޓްރެވެލޫޝަން' ނަމުގައި ޓޫރިޒަމަށް ހާއްސަ ބައިނަލްއަގްވާމީ މަޖައްލާއެއް، އަދި ޓޫރިޒަމަށް ހާއްސަ އެވޯޑެއް، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ކުރިއަށް ދިޔަ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ލޯންޗުކޮށްފި އެވެ.

މިހާރު ވެސް ރާއްޖޭގެ ޓޫރިޒަމަށް ހާއްސަވާ ގޮތަށް، ޓޫރިޒަމްގެ ތަފާތު ކޮންޓެންޓްތައް އޮންލައިންކޮށް ގެނެސްދޭ 'ޓްރެވެލޫޝަން' މީޑިއާ އިން ޗާޕުކޮށްގެން މަޖައްލާ ނެރުނީ މި މަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރިލް އަށް ހާއްސަ އަދަދެއްގެ ގޮތުގަ އެވެ. މި އަދަދުގެ އިސްބަސް ލިޔުއްވީ ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

'ޓްރެވެލޫޝަން' ގައި ހިމެނޭ އެންމެ ހާއްސަ ސެގްމަންޓަކީ މުޅިން އަލަށް ތައާރަފުކުރާ 'ދަ ބެސްޓް' އެވެ. މިއީ ރާއްޖޭގެ 173 ޓޫރިޒަމް ޕްރޮޕަޓީން ފޯރުކޮށްދޭ އެކޮމަޑޭޝަނާއި، ކެއުމާއި، އެކްސްކާޝަންތަކާއި، އޮފާތައް ރޭންކުކޮށް ދޭ ރެކޮމެންޑޭޝަން ހިމެނޭ ސެގްމަންޓެކެވެ. މީގެ ސަބަބުން ޓޫރިސްޓުންނަށް ރާއްޖޭން ރިސޯޓެއް ނުވަތަ އޮފާއެއް ހިޔާރުކުރަން ފަސޭހަވާނެ އެވެ.

'ދަ ޓްރެވަލް ގައިޒް' އިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ތާވަލުކޮށްފައިވާ އެވޯޑުގައި ޓޫރިޒަމް އެވޯޑާއި، ސަޕްލަޔާ އެވޯޑައި، ޕާސަނަލިޓީ އެވޯޑާއި، ލީޑިން ރިސޯޓް އޮފް ދަ އިޔާ އެވޯޑް އަދި ބެސްޓް ރިސޯޓް ކޮންސްޓަރްކްޓާ އެވޯޑް ހިމެނެ އެވެ.

މިއީ އާއްމުކޮށް ބާއްވާ އެވޯޑް ހަފުލާތަކާ ހިލާފަށް، ކެޝުއަލް ހެދުމުގައި، އަރާމު އަދި ހިތްފަސޭހަ މާހައުލެއްގައި ބާއްވަން 'ދަ ޓްރެވަލް ގައިޒް' އިން ބާއްވަން ރާވާ ހަފުލާ އެކެވެ.

އެކްސެލް ލަންޑަނުގައި ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި 'ޓްރެވެލޫޝަން' އާއި އެވޯޑް ލޯންޗުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރޫ ޓޫރިޒަމް ބްރޭންޑުތައް ހިންގާ އެޓްމޮސްފިއާ ކޯގެ ސީއޯއޯ ސްޓެފަން ލަގޭޓް އެވެ.