Advertisement

ޝަމާލު ރިޓަޔާ ކުރައްވައިފި

18 ނޮވެންބަރު 2023 - 23:34 0

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް


ޝަމާލު ރިޓަޔާ ކުރައްވައިފި

18 ނޮވެންބަރު 2023 - 23:34 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.

އޭނާ ރިޓަޔާކުރެއްވި ކަން މިރޭ އެމްއެންޑީއެފުން ހާމަ ކުރިއި އެވެ. އަދި ރައީސް މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯހަށް އަބްދުއްރަހީމް އަބްދުއް ލަތީފު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގަ އެވެ.

ތިރީސް ފަސް އަހަރަށް ފަހު ޝަމާލު ރިޓަޔާ ކުރެއްވިއިރު، އަސްކަރީ ހިދުމަތުގައި އޭނާ އަށް ވަނީ 16 ސާވިސް މެޑަލް ލިބިވަޑައިގެންފަ އެވެ.