Advertisement

ފައިނަލުގައި އިންޑިއާއާ ދެކޮޅަށް އޮސްޓްރޭލިއާ

17 ނޮވެންބަރު 2023 - 10:17 0


ފައިނަލުގައި އިންޑިއާއާ ދެކޮޅަށް އޮސްޓްރޭލިއާ

17 ނޮވެންބަރު 2023 - 10:17 0

ކަލްކަތާ، އިންޑިއާ (ނޮވެމްބަރު 17) - މިހާރު ކުރިއަށްދާ އައިސީސީ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ދެކުނު އެފްރިކާ ތިން ވިކެޓުން ބަލިކޮށް، އޮސްޓްރޭލިއާ އިން ފައިނަލަށް ދަތުުރުކޮށްފި އެވެ.

އަންނަ އާދިއްތަ ދުވަހު، އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި އޮސްޓްރޭލިއާ ބައްދަލުކުރަން ޖެހޭނީ މި ފަަހަރުގެ މުބާރާތުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ ފައިނަލަށް ދަތުރުކުރި އިންޑިއާއާ އެވެ.

ކަލްކަތާގެ އެޑެން ގާޑެންސްގައި ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުގައި، ދެކުނު އެފްރިކާ އަށް ޓޮސް ދިމާވުމުން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން، 49.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 212 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 101 ލަނޑު ހަދައި، ސެންޗަރީއެއް ފުރިހަމަ ކުރި ޑޭވިޑް މިލާ އެވެ.

މި އިނިންގްސްގައި އޮސްޓްރޭލިއާގެ ޕެޓް ކަމިންސް އާއި މިޗެލް ސްޓާކް، ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، އޮސްޓްރޭލިއާ އިން ވަނީ 47.2 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވިއިރު، 215 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެވްރެޖްކޮށް އޮސްޓްރޭލިއާގެ ގިނަ ބެޓްސްމަނުން ރަނގަޅަށް ކުޅުނުއިރު، އެންމެ ގިނަ ލަނޑުހެދީ އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި އެރި، ޓްރަވިސް ހެޑް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓްރަވިސް ވަނީ 62 ލަނޑު ހަދައިފަ އެވެ.