Advertisement

ޓައިޓޭނިކްގެ ރޭގަނޑު ކެއުމުގެ މެނޫއެއް 83،000 ޕައުންޑަށް ވިއްކާލައިފި

15 ނޮވެންބަރު 2023 - 06:26 0

ޓައިޓޭނިކްގެ ފަސްޓް ކްލާސް ޑިނަރ މެނޫ


ޓައިޓޭނިކްގެ ރޭގަނޑު ކެއުމުގެ މެނޫއެއް 83،000 ޕައުންޑަށް ވިއްކާލައިފި

15 ނޮވެންބަރު 2023 - 06:26 0

ޓައިޓޭނިކްގެ ފުރަތަމަ ކްލާހު ޕަސެންޖަރުންގެ ރޭގަނޑު ކެއުމުގެ މެނޫއެއް 83،000 ޕައުންޑަށް (1.6 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ނީލަމުގައި ވިއްކާލި މެނޫއަކީ މީގެ 111 އަހަރު ކުރިން ބިޔަ ގަނޑުފެންގަނޑެއްގައި ޖެހިގެން ޓައިޓޭނިކް އަޑިޔަށް ދިޔުމުގެ ތިން ދުވަސް ކުރިން، އޭޕްރިލް 11، 1912 ވަނަ ދުވަހުގެ ރޭގެ ކެއުމުގެ މެނޫ އެވެ.

އެ ބޯޓު އެޓްލާންޓިކް ކަނޑަށް ގަރަގުވެ 1500 މީހުން މަރުވި ހިތާމަވެރި އެ ހާދިސާ ހިނގާފައި ވަނީ އޭޕްރީލް 14، 1912 ގަ އެވެ.

އޭޕްރީލް 14، 1912 ގައި އެޓްލާންޓިކް ކަނޑަށް ގަރަގުވި ޓައިޓޭނިކް


ނީލަމުގައި ވިއްކާލި މެނޫގައި ހިމާނާފައިވަނީ ގޯމޭ ޑިޝްތަކެވެ. އޭގެ ތެރޭގައި އޮއިސްޓަ، ސެލްމޮން، ބީފް، އަސްދޫނި އަދި ކުކުޅު ހިމެނެ އެވެ. އޭގެ އިތުރުން އާފަލު، ބަތް އަދި ޕާސްނިޕް ޕިއުރީ ފަދަ ސައިޑް ޑިޝްތައްވެސް ހިމެނެ އެވެ. މެނޫގައި އެންމެ ފާހަގަކޮށްލެވޭ އެއްޗެއްގެ ގޮތުގައި ހިމަނާފައިވަނީ ވިކްޓޯރިޔާ ޕުޑިން ކިޔާ ޑެޒާޓެކެވެ.

ޓައިޓޭނިކްގެ ހަނދާނީ ތަކެތީގެ ތެރެއިން ނީލަމުގައި ބޯޓު ފަރަށް އަރައި ސަލާމަތްކުރި ތަކެތިން ފެށިގެން ސަލާމަތްވި މީހުންގެ އަމިއްލަ މުދަލާއި ހަމައަށް ތަފާތު ތަކެތި ވިއްކަމުންދެ އެވެ. އެހެން ނަމަވެސް ބޯޓުގެ ހަނދާނީ އެއްޗެއްގެ ގޮތުގައި ބެހެއްޓޭނެ ކަމަށް ބެލެވޭ މިފަދަ ތަފާތު ޑިނާ މެނޫއެއް ވިއްކުމަކީ ވަރަށް ނުފެންނަ މަންޒަރެކެވެ.