Advertisement

ދަރިވަރަކަށް 54،000ރ. ގެ ހަރަދެއް، ހިލޭ ޑިގްރީ އާއި ލޯނު ސްކީމަށް 700 މިލިއަން ރުފިޔާ

1 ނޮވެންބަރު 2023 - 08:50 0

ނިމާ ހަސަން

ނިމާ ހަސަން


ދަރިވަރަކަށް 54،000ރ. ގެ ހަރަދެއް، ހިލޭ ޑިގްރީ އާއި ލޯނު ސްކީމަށް 700 މިލިއަން ރުފިޔާ

1 ނޮވެންބަރު 2023 - 08:50 0

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ޖުމުލަ 5.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރާއިރު، އެއީ ދަރިވަރެއްގެ ބޮލަކަށް 54,056 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުލީމީ ޖީލެއް ބިނާކުރަން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމާއި، މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖެ އާއި ރާއްޖޭން ބޭރުން ފަހިކޮށް ދިނުމަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމާފައި ވާއިރު، އެ ދެ ދާއިރާ އަށް އަންނަ އަހަރު 700 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެއީ ދަރިވަރުންނަށް ލޯނު ދޫކުރަން 550 މިލިއަން ރުފިޔާ އާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ސްކޮލަޝިޕްތަކަށް 184 މިލިއަން ރުފިޔާ އަދި ފޮތް ލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

ތައުލީމީ ދާއިރާގައި މުވައްޒަފުންގެ މުސާރަ އަށް އަންނަ އަހަރު ހޭދަވާނެ ކަމަށް ލަފާކުރަނީ 5.3 ބިލިއަން ރުފިޔާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ސްކޫލާއި ޔުނިވާސިޓީ އިމާރާތް ކުރަން ބަޖެޓުކޮށްފައި ވަނީ 238 މިލިއަން ރުފިޔާ އެވެ.

މި އަހަރު އެކަނި ވެސް ސަރުކާރުން 1200 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމަށް ލޯނު ދޫކުރަން ނިންމައިފައިވެ އެވެ. އެއީއެކު މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ 3200 އަށް ވުރެ މަތިވާނެ ކަމަށް ރައީސް ސޯލިހު މެއި މަހު ވިދާޅުވެފައިވެ އެވެ.

މި ސަރުކާރުން އަލަށް ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ވެސް 18،000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.

ނުވަ ދިހަ ހާހަށް ވުރެ ގިނަ ދަރިވަރުން އެކި މަރުހަލާތަކުގައި ތައުލީމު ހާސިލުކުރަމުންދެ އެވެ.