Advertisement

ހަށި ވިއްކުމުގެ ކުށުގައި ދެ އަންހެނަކު ހަތަރު މަހަށް ޖަލަށް

26 އޮކްޓޯބަރު 2023 - 09:56 0


ހަށި ވިއްކުމުގެ ކުށުގައި ދެ އަންހެނަކު ހަތަރު މަހަށް ޖަލަށް

26 އޮކްޓޯބަރު 2023 - 09:56 0

ހަށި ވިއްކުމުގެ ކުށުގައި ދެ އަންހެނަކު ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ދެ އަންހެނުންގެ މައްޗަށް ހުކުމްކުރީ، ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން "އެއްވެސް ޝައްކެއް ނެތް މިންވަރަށް" ކުށް ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ.

ދެ މީހުންނަށް ހުކުމްކުރީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.

މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުއެއް ނުކުރެ އެވެ.