Advertisement

ހުލާސާކޮށް އިއްޔެ: ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދޭން އެއްބަސްވުން

16 އޮކްޓޯބަރު 2023 - 07:07 0

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން


ހުލާސާކޮށް އިއްޔެ: ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދޭން އެއްބަސްވުން

16 އޮކްޓޯބަރު 2023 - 07:07 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލުތަކެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް، ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ އެހީ ދިނުމަށް އެއްބަސްވި ކަމަށް ރިޕޯޓުކުރި އެވެ.

މިއީ މިދިޔަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސް ސޯލިހު ސައޫދީ އަށް ވަޑައިގެން އެ ގައުމުގެ ވިޔަފާރީގެ މިނިސްޓަރާ ބޭއްވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު ހަމަޖެހުނު އެހީއެކެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވަނީ ސައޫދީ ފަންޑުން އެ ފައިސާ ހަމަޖައްސައިދިންކަން "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ފިނޭންސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ވަރަށް އަވަހަށް ފައިސާ ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށެވެ.

މީގެ ތެރެއިން 100 މިލިއަން ޑޮލަރަކީ، ސައޫދީގެ ބިން ލާދިން ގްރޫޕުން ތަރައްގީކުރާ ވެލާނާ އެއާޕޯޓުގެ މަސައްކަތްތަކަށް ކުރާނެ ހޭދަ އެކެވެ. ބާކީ 50 މިލިއަން ޑޮލަރަކީ ސިއްހީ ދާއިރާ އަށް ދިން އެހީއެކެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މި ފައިސާ ހޭދަކުރަން ރާވާފައިވަނީ ހޮސްޕިޓަލްތައް އެޅުމަށެވެ.

މީގެ ތެރެއިން އެއާޕޯޓް ތަރައްގީކުރަން ދިން 100 މިލިއަން ޑޮލަރު ހަމަޖައްސައިދިނުމަށް، ރާއްޖެ އަށް އެހީވެދޭ އަރަބި ކޯޑިނޭޝަން ގްރޫޕުން މަސައްކަތްކޮށްދިނެވެ.

ސައޫދީ ބިން ލާދިން ގްރޫޕާ ހަވާލުކޮށްގެން 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއާޕޯޓް ޓާމިނަލް ޕްރޮޖެކްޓް ފެށީ ހަތަރުން އަހަރުން ނިންމާ ގޮތަށް 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އަށެވެ. ނަމަވެސް ޕްރޮޖެކްޓް މުއްދަތަށް ނުނިންމުމުގެ ސަބަބުން އަގު ބޮޑުވެ ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކުވޭތު ފަންޑުން 48.8 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ.

މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެއާޕޯޓުގައި އާ ރަންވޭ އަކާއި، އާ ސީޕްލޭން ޓާމިނަލެއް ތަރައްގީކޮށްފައިވީ ނަމަވެސް އާ ޓާމިނަލް ނުނިމޭތީ ރާއްޖެ އަށް ޓޫރިސްޓުން އިތުރަށް ގެނައުމުގެ މަސައްކަތަށް ވަނީ ހުރަސްތަކެއް އެޅިފަ އެވެ. ޓާމިނަލްގެ އޮނިގަނޑުގެ މަސައްކަތުގެ ބޮޑުބައި ފެންނަ ފެނުމަށް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮތީ ބެލެވޭ ގޮތުގައި އެތެރޭގެ މަސައްކަތްކާއި ކަނެކްޓިން މަސައްކަތަކެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ބ. ކަމަދޫގައި ކުޑަ ކުއްޖަކު އޭނާގެ ބައިސްކަލްގެ ޗޭނު ސާފު ކުރަނީ. -- ފޮޓޯ: މުހުައްމަދު ޝަހުޒާން/ އަދަދު