Advertisement

ނަބާ އާއި ނަބީ އޮސްޓްރޭލިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް

12 އޮކްޓޯބަރު 2023 - 15:27 0


ނަބާ އާއި ނަބީ އޮސްޓްރޭލިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް

12 އޮކްޓޯބަރު 2023 - 15:27 0

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަންހެން ސިންގަލްސްގެ ދެ ވަނަ ބުރުގައި ނަބީ ވާދަކޮށްފައިވަނީ ހަތަރު ވަނަ އަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ ލުއީސާ މާއާ ދެކޮޅަށެެވެ. މި މެޗުން ނަބީ މޮޅުވީ 21-12، 21-13 އިންނެވެ. ކުއާޓާ ފައިނަލުގައި ނަބީ ކުޅެން ޖެހޭނީ އޮސްޓްރޭލިއާގެ ޔުއޭލިން ޒޭންއާ ދެކޮޅަށެވެ.

ސިންގަލްސް ކުއާޓާ ފައިނަލުގައި މާދަމާ ނަބާ ވާދަކުރަންޖެހޭނީ އޮސްޓްރޭލިއާގެ ސިޑްނީ ޖޮނާޑީއާ އެވެ. ދެ ވަނަ ބުރުގެ މެޗުން ނަބާ ވަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޖޮނާޑީ އަތުން 21-17، 21-15 އިން މޮޅުވެފަ އެވެ.

ބެންޑިގޯ އިންޓަނޭޝަނަލް މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ވެސް ނަބާ އާއި ނަބީގެ ޕެއާ ވަނީ ވާދަކޮށްފަ އެވެ. އެ ގޮތުން، ނަބާ އާއި ނަބީގެ ޕެއާ ބަލިވެފައިވަނީ ޗައިނީސް ޓައިޕޭގެ ހުން ސިން އެން އާއި ހުން ޔޫ އެންގެ ޕެއާ އަތުން، 21-11، 21-12 އިންނެވެ.

މި މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ ޒަޔާން ޒަކީ ވެސް ވަނީ ވާދަކޮށްފަ އެވެ. ޒަޔާން ވަނީ ފުރަތަމަ ބުރުގެ މެޗުން އޮސްޓްރޭލިއާގެ ކާ ވެއި ޓާން އަތުން 21-07، 21-07 އިން މޮޅުވެފަ އެވެ.

އެކަމަކު، ދެ ވަނަ ބުރުގެ މެޗުން މިއަދު ޒަޔާން ބަލިވީ ޓިމޯ ލެސްޓޭގެ ރޭމަންޑް ސިންގް އަތުން ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު، 16-21 އިން ޒަޔާން ގެންގޮސްފައިވަނިކޮށް ރޭމެންޑް މޮޅުވީ ފަހަތުން އަރައި ދެ ސެޓު ގެންގޮސްގެންނެވެ. އެ ގޮތުން، ރޭމަންޑް ސެޓުތައް ގެންގޮސްފައިވަނީ 21-18، 21-18 އިންނެވެ.