Advertisement

ނޮވެމްބަރު 5 ގެ ކުރިން ގިރާވަރާއި ގުޅީފަޅުން ގޯތި ދޫކޮށް ނިމޭނެ: އަކްރަމް

5 އޮކްޓޯބަރު 2023 - 14:25 3

ނިމާ ހަސަން

ނިމާ ހަސަން

ގޯތި ދިނުމަށް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ; ނޮވެމްބަރު 5ގެ ކުރިން ގޯތި ދޫކޮށް ނިމޭނެ ކަމަށް އަކްރަމް ވިދާޅުވި -- ފައިލް ފޮޓޯ: އަދަދު


ނޮވެމްބަރު 5 ގެ ކުރިން ގިރާވަރާއި ގުޅީފަޅުން ގޯތި ދޫކޮށް ނިމޭނެ: އަކްރަމް

5 އޮކްޓޯބަރު 2023 - 14:25 3

އަންނަ މަހު ފަސް ވަނަ ދުވަހުގެ ކުރިން ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ދޫކޮށް ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް މިއަދު "އަދަދު" އަށް ވިދާޅުވީ, ގިރާވަރުފަޅާއި ގުޅޅީފަޅުން ގޯތި ކަނޑާ, ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު, އެ މަސައްކަތް ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ނިންމައިލެވޭނެ ކަމަށެވެ.

ގޯއްޗާއެކު, އެ މިނިސްޓްރީން އަންނަނީ ގޯތީގެ ރަޖިސްޓްރީ ވެސް މީހުންނަށް ދޫކުރަމުންނެވެ.

މީގެ ކުރިން އަކްރަމް ވިދާޅުވެފައިވާ ގޮތުގައި ނޮވެމްބަރު 11ގެ ކުރިން ގޯތީ ލިބުނު މީހުންނަށް ރަޖިސްޓްރީއާއެކު, ގޯތި ކަނޑާ ދޭނެ އެވެ. ނަމަވެސް އެއަށްވުރެ އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

ގިރާވަރުފަޅުން ގޯތި ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ފަޅު ހިއްކައިގެން 169 ހެކްޓަރުގެ ބިން އުފައްދަން ވަނީ ނިންމައިފަ އެވެ. ގިރާވަރުފަޅުގެ އިތުރުން ހުޅުމާލޭގައި ވެސް ބިން ހިއްކުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް އެބަ ގެންދެ އެވެ.